ލޯބިވެރިޔާއާއި ކައިވެނި ކުރަން އަންހެނަކު ކަނޑުފަތާފައި އިންޑިއާއަށް ހިނގައްޖެއެވެ.

ލޯބީގެ އަވާގައި ޖެހުމުން އާދަޔާ ހިލާފު ކަންކަން ކުރާ މީހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަދެއް ނޫނެވެ. އެގޮތުން މިފަހަރު މިވަނީ ބަންގްލަދޭޝްގެ އުމުރުން 22 އަހަރުގެ ކްރިޝްނާ ނަމަކަށް ކިޔާ އަންހެނަކު ކަނޑު ހުރަސްކޮށް ލޯބިވެރިޔާއާއި ކައިވެނި ކުރަން ގޮސްފައެވެ.

އޭނާ މިފަދަ ނިންމުމެއް ނިންމާފައިވަނީ އޭނާގެ ލޯބިވެރިޔާގެ އަތުގައި ޕާސްޕޯޓެއް ނެތުމުންނެވެ. އަދި ފަތާފައި އައި ލޯބިވެރިޔާގެ އިންތިޒާރުގައި ހުރި އަބިކް ނަމަކަށް ކިޔާ އިންޑިއާ ޒުވާނާ ވަނީ ކްރިޝްނާ އެއްގަމަށް އެރުމުން އިންޑިއާގެ އިރުމަތީ ސަރަހައްދުގެ ވެސްޓް ބެންގާލް ސްޓޭޓުގެ ވެރިރަށް ކަލްކަތާއަށް އޭނާ ގެންގޮސް ކައިވެނީގެ ކަންކަން ނިންމާފައެވެ.

މިއާއެކު ފޭސްބުކުން ފެށުނު ލޯބީގެ ގުޅުން ކާމިޔާބު ކުރި ގޮތުގެ ވާހަކަތައް އާންމުވުމުގެ ހަބަރު އިންޑިއާގެ ފުލުހުންނާ ހިސާބައްގޮސް، ހުއްދަނެތި ބޯޑަރު ހުރަސްކޮށް އިންޑިއާއަށް އެރުމުގެ ކުށުގައި ކްރިޝްނާ ހައްޔަރުކޮށް، އިންޑިއާގެ ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ހުއްދަނެތި ބޯޑަރު ހުރަސްކޮށް އިންޑިއާއަށް އެރުމުގެ ކުށުގައި ކްރިޝްނާ ހައްޔަރުކޮށްފައިވަނީ އިންޑިއާގެ އިރުމަތީ ސަރަހައްދުގެ ވެސްޓް ބެންގާލް ސްޓޭޓުގެ ވެރިރަށް ކަލްކަތާއިންނެވެ.

އިންޑިއާގެ ފުލުހުން ބުނީ މިމައްސަލައިގައި ތަހުގީގު ނިމެންދެން ކޯޓު އަމުރެެއްގެ ދަށުން ކްރިޝްނާ ހައްޔަރުކޮށްފައިވާކަމަށާއި، އަދި ބަންގްލަދޭޝް ހައިކޮމިޝަނަށް މިމައުލޫމާތު ހިއްސާ ކުރާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޙައުލާ

06-Jun-2022

ކްރިޝްނާ ހުރަސްކުރީ ކޯރެއްތޯ ނުވަތަ ކަނޑެއްތޯ.



ޓްރެންޑިން