އިންޑޮނޭޝިއާގެ ބާލީގެ ފޮޓޯގްރާފަރަކު މަތިންދާ ބޯޓެއްގެ ފިޔަގަނޑު މަތީގައި ހިނގާލާފައިދާ މަންޒަރު ފެންނަ، ނޭވާ ހިފަހައްޓާލަން ޖެހޭ ވިޑިއޯއަކަށް އިންޓަރނެޓްގައި ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
އުސް ފަރުބަދަތަކާއި ވާދީތަކާއި ފެހި ޖަންގަލި ތަކުގެ ރީތި މަންޒަރުތަކުން މުއްސަނދިކަން ލިބިފައިވާ އަދި މީގެ ސަބަބުން ފަތުރުވެރިންގެ ސަމާލުކަން ލިބިފައިވާ އިންޑޮނީޝިއާގެ ބާލީގެ ފަރުބަދައެއްގެ އެންމެ އުހުގައި އޮތް މި މަތިންދާބޯޓުގެ ފިޔަގަނޑު މަތީގައި މީހަކު ހިނގާލާ މަންޒަރު ފެންނަ މިވިޑިއޯ އިންސްޓަގްރާމްގައި އާންމުކޮށްފައި ވަނީ "އާތުޕިކްސް" ނަމުގައި ހިންގާ ޕޭޖެއްގައެވެ.
މި ވިޑިއޯއިން ފެންނަނީ ބާލީގެ ފޮޓޯގްރާފަރެއް ކަމަށްވާ ކޮމިން ދަރުމަވާން ނަމަކަށްކިޔާ މީހަކު އެއްވެސް ބިރެއް ނެތި ފަރުބަދަ މަތީގައި އޮތް މަތިންދާ ބޯޓުގެ ފިޔަގަނޑު މަތީގައި ހިނގާލާފައި އުޅޭ މަންޒަރެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދާ މި ވިިޑިއޯއަށް ގިނަ ބަޔަކު ކޮމެންޓް ވެސް ކޮށްފައި ވެއެވެ.
ވިޑިއޯއާއެކު ލިޔެފައިވާ ކެޕްޝަންގައި އޭނާ ހިނގާ މަންޒަރު ފެންނަ މި މަތިންދާ ބޯޓަކީ ފަރުބަދައެއްގެ މަތީގައި ފަތުރުވެރިން ޝައުގުވެރިކުރުވުމަށް ގާއިމުކޮށްފައިވާ އަދި މިހާރު ބޭނުން ނުކުރާ މަތިންދާ ބޯޓެއް ކަމަށް ބުނެފައި ވެއެވެ. ބާލީގެ ގޮނޑުދޮށް ފެންނަ ސަރަހައްދެއްގައި ޓޫރިސްޓުންނަށް އުޅެވޭ ގޮތަށް ތަރައްގީކުރާ ބޯއިންގ މަރުކާގެ މި މަތިންދާ ބޯޓަކީ ބާލީގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމެއް ކަމުގައި ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ކޯވިޑަށްފަހު ބާލީ ފަތުރުވެރިކަމަށް ހުޅުވާލި ނަމަވެސް އިންޑޮނީޝިޔާގައި އަޅާފައިވާ ކޯވިޑްގެ ފިޔަވަޅުތަކާ ޚިލާފަށް އުޅޭ މީހުން ގެންދަނީ ޑިޕޯޓް ކުރަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކޯވިޑްގެ ފިޔަވަޅުތަކާއި ޚިލާފު ވެގެން 200 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު