ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން "ދުނިޔެ މަގޭ" ގެ ނަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާއްސަ ކެމްޕޭނެއް އިފްތިތާހު ކޮށްފިއެވެ.
އެޗްޑީސީން މިއަދު ބުނީ، ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލު ތަކަށާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް މި ކެމްޕޭންގެ ދަށުން މުޅި އަހަރަށް ބަހާލައިގެން ގިނަ ކަންތައްތަކެއް ކުރިޔަށް ގެންދަން ރޭވިފައިވާ ކަމަށެވެ.
މި ކެމްޕޭންގެ ސަބަބުން، ހުޅުމާލެއަކީ ތިމާވެއްޓާއި ރައްޓެހި ސްމާޓް ސިޓީއަކަށް ހެދުމަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި ކެމްޕޭންގެ ދަށުން ހުޅުމާލެއާއި އެ ކުންފުނީގެ "ބިޔޯންޑް ހުޅުމާލެ" ޝިއާރުގެ ދަށުން ތިމާވެއްޓަށް ގެއްލުން ހުރި ކަންކަން ދެނެގަނެ އެންމެންނަށް ވެސް ރައްކާތެރި މާހައުލެއް ގާއިމު ކޮށްދޭން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި ކެމްޕޭންގެ މައިގަނޑު އެއް މަގުސަދަކީ ތިމާވެށީގެ ހައްގުގައި އަޑު އުފުލާ ހިތްވަރުދީ، ތިމާވެށި ރައްކާތެރި ކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ގޮވާލުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު