ވ. ރަކީދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ. އެގޮތުން ވ. ރަކީދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މިއަދު ބުނީ ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިދިޔަ މެއިމަހުގެ 25 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 40 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ހަމައެއާއެކު އެރަށުގައި ފަތާ ސަރަޙައްދެއް ގާއިމްކުރުމަށް 560 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް
ޖަހާފައިވެއެވެ.
އެމްޓީސީސީން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 10.1 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށެވެ.
ވޭތުވެދިޔަ 3 އަހަރުތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު