ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްގެ ކޯޓްޔާޑްގައި އާންމުން އިންދާފައި ހުރި ގަސްތައް ނަގާ އެތަން ހުސްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން މިއަދު ވަނީ ހިޔާ ކޯޓްޔާޑް ތަރައްގީ ކުރުމަށްޓަކައި އެ ކޯޕަރޭޝަނުން މަސައްކަތް ފެށުމަށް ބޭނުންވާތީ އެ ސަރަހައްދުގައި އާންމު ފަރާތްތަކުން އިންދާފައިވާ ގަސްތައް ނަގާ ސާފުކޮށް ދިނުމަށް އެދިފައެވެ.

އެ ގޮތުން މި މަހުގެ 23 ގެ ކުރިން އެ ސަރަހައްދު ސާފުކުރުމަށް އެދިފައިވާއިރު މި މަހުގެ 23 ގެ ފަހުން އެ ސަރަހައްދުގައި ނުނަގާ ހުރި ގަސްތައް އެ ކޯޕަރޭޝަނުން ނަގާ އެ ސަރަހައްދު ސާފު ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިކަން ހާމަކުރުމަށް އެ ކޯޕަރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ރައްޔިތުންނާ ގުޅުން ހުންނަ މި ފަދަ މަސައްކަތްތަކުގައި ރައްޔިތުން ދޭ އެއްބާރުލުން ފާހަގަކޮށް ރައްޔިތުންނަށް ޝުކުރު އަދާކުރާކޮށްފައެވެ.

ހިޔާ ކޯޓުޔާޑަކީ ހިޔާ ފްލެޓުތެރޭގައި ހަދާފައިވާ ކުދިކުދި ޕާކުތަކެވެ. މިހާރު ގަސް އިންދުމުގެ މަސައްކަތް ފެށުމަށް އެތަން ތައްޔާރުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ އިރު، އެތަން ޑިޒައިން ކޮށްފައި ވަނީ އާންމު ރައްޔިތުންނަށް އިށީނދެލައިގެން ތިބެވޭ ފަދަ ހިތްފަސޭހަ ގޮތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން