އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާންތަނައު މުކަރްޖީ (ޝާން) އާއި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތުންތެރިޔާ މަރިޔަމް އުނޫޝާއާއެކު ކިޔަވާފައިވާ ލަވަ ނެރެފިއެވެ.

މިއަދު ރިލީސްކޮށްފައިވާ މި ލަވައިން ކްރޮސްރޯޑްގެ ދެ ރިސޯޓެއްގެ ރީތި މަންޒަރުތަކާއެކު ރާއްޖޭގެ ރީތިކަންވަނީ ފެނިގެން ގޮސްފައެވެ. ނަށާލުމަށް ރީތި ރާގަކަށް ކިޔާފައިވާ މި ލަވައިން ޝާންއާއި އުނޫޝާ ފެނިގެން ދާ އިރު މި ދެ ލަވަކިޔުންތެރިވެސް ލަވައިގެ ރާގަށް އެއް ހަމައަކަށް ރީތި ސްޓެޕްތަކަކަށް ނަށާ މަންޒަރުވެސް ފެނެއެވެ.

މި ލަވައިގެ މައިގަނޑު ހިންދީ ބަހުން ކިޔާފައިވީ ނަމަވެސް ލަވައިގައި ރެޕް ކުރާ ބައި ކިޔާފައިވަނީ ދިވެހިބަހުންނެވެ. އެބައިގެ ޅެން ހަދައިދީފައިވަނީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އެވެ.



"ދިލް އުޅެޔާ" ކިޔާ މި ލަވައިގެ ޅެމަށް ބަލާއިރު ޅެމުގައި ކިޔާދީފައިވަނީ، އުފާވެރިކަމާއިއެކު ލިބިފައިވާ ވަގުތުގެ ބޭނުން ހިފައިގެން އުޅުމުގެ ވާހަކަތަކެކެވެ. މި ލަވަ ޝާންގެ ޔޫޓިއުބް ޗެނަލްއަށް ވެސް އަޕްލޯޑް ކޮށްފައިވާއިރު، ލަވައާއި ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

މިއީ، އަލަތު ދަރިފުޅު ލިބުނު ފަހުން މިފަދަ ބޮޑު ލަވައެއް އުނޫޝާ ރިލީޒްކުރި ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން