ހުޅުމާލޭގައި ހިންގާ ޚާންޖީ ރެސްޓޯރެންޓްގެ ތެރޭގައި ވަޅިން ހަމަލާދީ ބަންގްލްދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ މުޙައްމަދު އާބިދުގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
ބަންގްލަދޭޝްގެ ބްރަހްމަންބާރިއާ ސިޓީގެ ޗަމްޕޫރް ވިލެޖަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ އެމްޑީ ޝަމީމަށް ހުޅުމާލޭގެ ޚާންޖީ ރެސްޓޯރެންޓްގައި މިދިޔަ އޭޕްރީލްމަހުގެ 16 ވަނަދުވަހު ހަވީރު ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި އެރޭ ދަންވަރު ހައްޔަރުކޮށްފައިވަނީ އެ ރެސްޓޯރެންޓްގައި ޝެފެއްގެ ގޮތުގައި މަސައްކަތްކުރާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދެވެ.
ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން މިހާރު ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައިގަނެ މި ހަފްތާ ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. މީގެ ކުރިން މި މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު ޕީޖީ އޮފީހުން ވަނީ މި މަހުގެ 15 ވަނަ ދުވަހަށް އިތުރުކޮށްދީފައެވެ.
ޝާހިން މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް އާބިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފޭސް-2 ގެ ބީޗް ސަރަޙައްދުންނެވެ. އެ މައްސަލައާ ގުޅިގެން އިތުރުމީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
ޕާކިސްތާނުގެ މުހައްމަދު އާބިދު، ބަންގްލަދޭޝްގެ މީހާއަށް ވަޅިން ހަމަލާދީފައިވަނީ އެ ރެސްޓޯރެންޓް ބަދިގެ ތެރޭގައި ހިނގި ޒުވާބެއްގެ ތެރެއިންނެެވެ. ޝާހީނަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު