އެމެރިކާގެ ނިއުޔޯކްގައި ފަންޑްރައިޒިންގް އިވެންޓެއްގެ ގޮތުގައި ފެޝަން އިންޑަސްޓްރީން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުންދާ މެޓް ގާލާގައި އެއަހަރެއްގެ ތީމަކާއި ގުޅުވައިގެން އާގޮތަކަށް ތައްޔާރުކޮށްފައި ހުންނަ ތަފާތު ހެދުމެއް ލައި ރެޑް ކާޕެޓްގައި ހިނގާލުމަކީ ބޭރުގެ ގިނަ ފަންނާނުންގެ މެދުގައި އާންމުކަމެކެވެ. އެގޮތުން މިއަހަރު ބޭއްވި މެޓްގާލާގައި މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން ލީ ހެދުންވެސްވީ ގިނަބައެއްގެ ސަމާލުކަން ލިބުނު ހެދުމަކަށެވެ.
ކިމް މެޓް ގާލާއަށް ލީ ހެދުމަކީ ހޮލީވުޑްގެ ލެޖެންޑެއްކަމަށްވާ މެރިލީން މޮންރޯގެ ހެދުމެކެވެ. މެރިލީން މެންރޯ 1962 ވަނަ އަހަރުގެ ހަފްލާއެއްގައި ލީމިހެދުމަކީ ފަސް މިލިއަނެއްހާ ޑޮލަރަށްވުރެ އަގުބޮޑު ހެދުމެކެވެ. އަދި މިހެދުމަކީ މެރިލީން މެންރޯގެ ހަނދާނުގައި ރައްކާތެރިކަމާއެކު މިއުޒިއެމްއެއްގައި ބެހެެއްޓިފައި ހުރި ހެދުމެކެވެ.
ކިމް މިހެދުން ލުމުން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެގެންދިޔައިރު، އަނެއްކާވެސް މިވަނީ މިހެދުމާ ހެދި ކިމް ހޫނުފެނަށް ވެއްޓިފައެވެ. ހާއްސަގޮތެއްގައި ކިމް އެހެދުން ލުމުގެ ކުރިންނާއި، ހެދުން ލުމަށްފަހު ނަގާފައި ހުރި ފޮޓޯތަކުން މިހެދުމަށް ލިބިފައިވާ ގެއްލުން ފާހަގަކޮށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މެޓް ގާލާއަށް ކިމް ކާޑޭޝިއަން ލީ މިހެދުން ބާރުކަމުން ހެދުމުގެ ޒިބު ނޭޅުވި ހުރިތަން ފޮރުވަން އޭނާ ވަނީ ހުދުކުލައިގެ ޖެކެޓެއް ފާޑުގެ އެއްޗެއްވެސް ބޭނުންކޮށްފައެވެ.
މެރިލީން މެންރޯގެ ހެދުން ކިމްއަށް ބާރުވިނަމަވެސް މެޓް ގާލާގެ ރެޑް ކާޕެޓުން މިހެދުމުގައި ކިމް ފެނުމުން، ގިނަބަޔަކު ވަނީ މިހެދުމަކީ ނާޒުކު ކަމުން ވަކި ޓެމްޕަރޭޗަރ އެއް ކޮންޓްރޯލްކުރެވިފައި ހުރިގޮތަކަށް ރައްކާކޮށްފައި ހުރި ހެދުމެއް ކަމުން މިހެދުން ލައި ބޭނުން ކުރުމުން ހެދުން ހަލާކުވުމުގެ ފުރުސަތު ބޮޑުކަމަށްވެސް ފާހަގަކޮށްފައެވެ. އަދި ކިމްގެ މިއަމަލުން މެރިލީން މެންރޯގެ ހަނދާނުގައި ރައްކާކޮށްފައި އޮތް މިހެދުމަށް އެއްވެސް ވަރަކަށް އިހުތިރާމެއް ނެތްކަމަށްވެސް ގިނަބަޔަކު އޭރު ވަނީ ފާހަގަކޮށް ފާޑުކިޔާފައެވެ.

Marilyn Monroe’s iconic dress has reportedly been damaged after being worn by Kim Kardashian at the Met Gala.
— Pop Crave (@PopCrave) June 13, 2022
The dress now shows signs of tearing, and several crystals are either missing or hanging off of it. pic.twitter.com/cFu1lUBmzS
މެޓް ގާލާއަށް ކިމް ކާޑޭޝިއަން ލީ މިހެދުން ބާރުކަމުން ހެދުމުގެ ޒިބު ނޭޅުވި ހުރިތަން ފޮރުވަން އޭނާ ވަނީ ހުދުކުލައިގެ ޖެކެޓެއް ފާޑުގެ އެއްޗެއްވެސް ބޭނުންކޮށްފައެވެ.
މެރިލީން މެންރޯގެ ހެދުން ކިމްއަށް ބާރުވިނަމަވެސް މެޓް ގާލާގެ ރެޑް ކާޕެޓުން މިހެދުމުގައި ކިމް ފެނުމުން، ގިނަބަޔަކު ވަނީ މިހެދުމަކީ ނާޒުކު ކަމުން ވަކި ޓެމްޕަރޭޗަރ އެއް ކޮންޓްރޯލްކުރެވިފައި ހުރިގޮތަކަށް ރައްކާކޮށްފައި ހުރި ހެދުމެއް ކަމުން މިހެދުން ލައި ބޭނުން ކުރުމުން ހެދުން ހަލާކުވުމުގެ ފުރުސަތު ބޮޑުކަމަށްވެސް ފާހަގަކޮށްފައެވެ. އަދި ކިމްގެ މިއަމަލުން މެރިލީން މެންރޯގެ ހަނދާނުގައި ރައްކާކޮށްފައި އޮތް މިހެދުމަށް އެއްވެސް ވަރަކަށް އިހުތިރާމެއް ނެތްކަމަށްވެސް ގިނަބަޔަކު އޭރު ވަނީ ފާހަގަކޮށް ފާޑުކިޔާފައެވެ.
ކިޔުންތެރިންގެ ހިޔާލު