ހުޅުމާލެއިން ވިއްކާފައިވާ ބިމާއި އެއްމެދު އިމާރާތްތަކަށް ފައިސާދެއްކުމަށް "މައި ހުޅުމާލެ" ވެބްޕޯޓަލް ބޭނުންކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެދިއްޖެއެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެއިން ވިއްކާފައިވާ ބިމާއި އެއްމެދު އިމާރާތްތަކަށް ފައިސާދެއްކުމަށް ބީއެމްއެލްގައި ހުޅުވާފައިވާ ލޯނު އެކައުންޓުތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އެ އެކައުންޓުތައް ބަންދުކުރަން ނިންމާފަވަނީ، އެ ލޯނު އެކައުންޓުތައް، ބެލެހެއްޓުމުގައި ތަފާތު އެކިމައްސަލަތައް ދިމާވަމުންދާތީ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެގޮތުން އެ އެކައުންޓުތައް ބޭނުންކުރެވޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 30 ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި އެ އެކައުންޓުތައް ބަންދުކުރުމާއިއެކު ކަސްޓަމަރުންގެ ބީއެމްއެލް އެކައުންޓުން "އޮޓޮމެޓިކް ޑައިރެކްޓް ޑެބިޓް"ގެ އުސޫލު މެދުވެރިކޮށް ފައިސާ ކެނޑުން ހުއްޓިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
"ކަސްޓަމަރުންގެ އެކައުންޓުތަކުން އޮޓަމެޓިކް ޑިޑަކްޝަން އުސޫލުން ފައިސާ ކެނޑޭނެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 30 ވަނަ ދުވަސް. މިކަމާގުޅިގެން ދިވެދާނެ ދަތިތަކަށް ނިހާޔަތައް މައާފަށް އެދެން." އެޗްޑީސީގެ ބަޔާނުގައިވެއެވެ.
އެޗްޑީސީން ބުނީ އަންނަ މަހުން ފެށިގެން ފައިސާ ބަލައިގަންނަމުންދާނީ އެ ކޯޕަރޭޝަންގެ ކައުންޓަރުންނާއި "މައި ހުޅުމާލެ" ވެބް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު