ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ދިވެހިން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް އިދިކޮޅު ޕީޕީއެމްގެ ލީޑަރ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
"ނަބިއްޔާގެ ދިފާއުގައި" އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ދިވެހިން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެއްވެސް އިސްލާމަކު ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށާއި އެކަމަށް ޖާގަ ނުދެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ކުރިއަށް އޮތްތަނުގައިވެސް ދިވެހި ރައްޔިތުން އެކަމަކަށް ޖާގައެއް ނުދޭނެ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މުސްލިމުންގެ ހިތުގައި ރަސޫލާގެ މައްޗަށް ލޯބި ނެތްކަމުގައި ވާނަމަ އީމާންކަން ފުރިހަމަނުވާނެ ކަމަށެވެ. އަދި ނަބިއްޔާއަށް ފުރައްސާރަކުރާއިރު ދީނީ ޢިލްމުވެރިންގެ ނަމުގައި ރާއްޖޭގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އަޑެއް ނީވޭ ކަމަށާޢި ޢަދާލަތު ޕާޓީގެ ޢިލްމުވެރިން ވީތަނަކާމެދުވެސް ސުވާލު އުފެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއުޅެނީ ނަބިއްޔާއަށް ފުރައްސާރަ ކުރާތީ. މީ ސިސްޓަމެޓިކް ކަމެއް." ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާގެ "ބީޖޭޕީ"ގެ ފަރާތުން ހިނގާދިޔަ ޢަމަލަކީ ޕީޕީއެމުން ބަލައިގަންނާނެ ކަމެއް ނޫންކަން ފާހަގަކުރަށްވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާގައި ހިނގާމިދިޔަ ކަންތައްތަކުގެ ޙަޤީޤީ ބޭނުމަކީ އެޤައުމުގައި ހިންދޫ ރަސްކަމެއް އުފެއްދުން ކަމަށެވެ. އަދި އެއްވެސް މުޖުތަމަޢެއްގެ ތެރޭގައި ބުއްދިވެރިޔަކު ނުކުރާން ދެކަމެއް އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ އެމީހާގެ ދީނަށް ބަދުބަސް ބުނުމާއި އެބައެއްގެ ސަޤާފަތަށް ފާޑުކިއުން" ރައީސް ޔާމީން ރޭގެ ޖަލްސާގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ކުރިން އިންޑިއާއަކީ ހުރިހާ ނަސްލެއްގެ އަދި ހުރިހާ ދީނެއްގެ މީހުންވެސް ހަމަޖެހިގެން ދިރިއުޅެމުންދިޔަ ޤައުމެއްކަން ފާހަގަ ކުރެއްވިއެވެ. އަދި މިއަދު އިންޑިއާގައި ހިންގަމުންދާ ހަމަނުޖެހުންތައް ހިންގަނީ މަގުމަތީގައި އުޅޭ ގޭންގްތައް މެދުވެރިކޮށްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެއީ ރޭވިގެން މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާއެއްކަމަށް ރައީސް ޔާމީން ސިފަކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު