ދިހަ އަހަރު ދުވަހަށްވުރެއް ދިގުމުއްދަތެއްގެ ބްރޭކްއަކަށްފަހު ފަރްދީން ޚާން ފިލްމެއްގެ މަސައްކަތް ކުރަމުން ދާކަން ހާމަކޮށްފިއެވެ.

އަނބި ދަރިންނަށް ވަގުތު ދިނުމަށް ފިލްމީ ދުނިޔެއިން ނެގި ބްރޭކަށްފަހު ފަރްދީން ޚާން ދަނީ ސަންޖޭ ގުޕްތާގެ ޕްރޮޑަކްޝަނެއް ކަމަށްވާ ހިންދީ ފިލްމު ވިސްފޮޓް ގެ ޝޫޓިންގެ މަސައްކަތްކުރަމުންނެވެ. މިފިލްމުގައި އޭނާ އާއި އެކު ރިތޭޝް ދޭޝްމުގްވެސް ފެނިގެންދާނެކަމަށްވެއެވެ.

މީގެ އިތުރުން 2005 ވަނަ އަހަރު ރިލީޒް ކުރި ހިންފީ ފިލްމު ނޯ އެންޓްރީގެ ސީކުއެލްއެއް ކަމަށްވާ "ނޯ އެންޓްރީ މެއި އެންޓްރީ" ފިލްމުގެ މަސަައްކަތަށްވެސް ފަރްދީން ޚާން ތައްޔާރުވަމުންދާކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ހާމަކޮށްފައެވެ.

ބޮޑު ބްރޭކްއަކަށްފަހު ފިލްމީ ދާއިރާގެ މަސައްކަތަށް އެނބުރި އާދެވުމުން އުފާ ކުރާކަން ފާހަގަކޮށް ފަރްދީން ޚާން ވަނީ ފިލްމީ ދާއިރާއިން ނެގި ބްރޭކް އެހާ ދިގުވާނެކަމަށް ކުރިން ހީނުކުރާކަމަށް ބުނެފައެވެ. ނަމަވެސް ބްރޭކް ނެގީ، އަނބި ދަރިންނަށް ވަގުތު ދިނުމަށާއި، ދަރިން ހޯދުމުގައި ސިއްހީ އެހީތެރިކަން ހޯދަން ޖެހުމުގެ ސަބަބުން އިނގިރޭސިވިލާތައް ދިރިއުޅުން ބަދަލު ކުރަން ޖެހުން ފަދަ ސަބަބު ތަކާހެދި ކަމަށް ފަރްދީން ހާމަކޮށްފައިވެއެވެ.

ފަރްދީން ޚާން އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ 2010 ވަނަ އަހަރު ރިލީޒް ކުރި ހިންދީ ފިލްމު "ދުލްހާ މިލްގަޔާ" އިންނެވެ. މިފިލްމުގައި ފަރްދީން ޚާން އާއެކު ސުޝްމިތާ ސެން އަދި ޝާހްރުކް ޚާންވެސް ފެނިގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން