ބޮލީވުޑްގެ ނަންމަޝްހޫރު ގިނަ އެކްޓަރުންގެ ދަރިން ފެނިގެންދާ ދަ އާޗީސްގެ ޝޫޓިންގ ނިންމާލައިފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ޑިރެކްޓަރ، ޒޯޔާ އަޚްތަރު ލިޔެ ޑައިރެކްޓް ކުރާ މިފިލްމަކީ އާޗީ ކޮމިކްސްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ. އޭޕްރިލް މަހު އިންޑިއާގެ އޫޓީގައި ފެށި މިފިލްމުގެ ޝޫޓިންގެ މަސައްކަތް މިހާރު ނިމިފައިވާކަން ޒޯޔާގެ އިތުރުން މިފިލްމުން ފެނިގެންދާ ހުޝީ ކަޕޫރްވެސް ވަނީ ހާމަކޮށްފައެވެ.

ފިލްމީ ތަރި ޖާންވީ ކަޕޫރުގެ ކޮއްކޮ، ޚުޝީ ކަޕޫރުގެ އިތުރުން މިފިލްމުން ޝާހްރުކް ޚާންގެ އަންހެން ދަރި ސުހާނާ ޚާން، އަދި އަމީތާބް ބައްޗަންގެ ކާފަ ދަރި އަގަސްޓިޔާ ނަންދާވެސް މިފިލްމުން ފެނިގެންދާނެއެވެ.

މިފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު ނެޓްފްލިކްސް ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން