ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަބައެއްގެ މަގުބޫލުކަން ލިބިގެންދިޔަ ކާބީ ލޭމް، ޓިކްޓޮކްގައި އެންމެ ގިނަ ފޮލޯވަރުން ލިބިފައިވާ ލިސްޓުގެ އެންމެ ކުރީގައި ހިމެނިއްޖެއެވެ.

ކާބީ ލޭމް ޓިކްޓޮކްގައި އެންމެ ގިނަ ފޮލޯވަރުން ލިބިފައިވާ ލިސްޓުގެ އެންމެ ކުރީގައި ހިމެނުނީ ޗާލީ ޑެމީލިއޯ އާއި ވާދަކޮށެވެ. 2020 ވަނަ އަހަރުން ފެށިގެން މިލިސްޓުގެ އެންމެ ކުރީގައި ހިމެނިފައިވާ ޗާލީ ޑެމީލިއޯ އާއި ވާދަކޮށް، މިހާރު ކާބީ ލޭމްއަށް ވަނީ 142.5 މިލިއަން ފޮލޯވާސް ލިބިފައެވެ. އަދި ޗާލީ ޑެމީލިއޯ އަށް ލިބިފައިވަނީ 142.2 ފޮލޯވަރސްއެވެ.

އުމުރުން 22 އަހަރުގައި މީސްމީޑިއާ މެދުވެރިކޮށް މިހާބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު ކާބީ ލޭމް އަކީ ކާކުކަން ގިނަބަޔަކަށް ފުރަތަމަ އެނގިގެން ދިޔައީވެސް ޓިކްޓޮކް މެދުވެރިކޮށެވެ. ކޮވިޑް ބަލިމަޑުކަމާހެދި 2020 ވަނަ އަހަރު އޭނާ އަދާ ކުރަމުން ދިޔަ ވަޒީފާ ގެއްލުމާއިއެކު ފޫހި ފިލުވާލަން ޓިކްޓޮކް ކުޅެން ފެށި ލޭމަށް ގިނަބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ އޭނާގެ ޓިކްޓޮކް ތަކުން ދައްކުވައިދިން ތަފާތު ކެރެކްޓަރގެ ސަބަބުންނެވެ.

ކާބީ ލޭމްގެ ޓިކްޓޮކްތަކުން ގިނައިން ފެނިގެންދަނީ އެހެންޓިކްޓޮކްތަކަށް ހަޖޫޖަހާ މަންޒަރެވެ. ނަމަވެސް އޭނާ އެއްވެސް ވާހަކައެއް ނުދައްކާ ބަހެއް ނުބުނެ ކުޅެމުން އައި ޓިކްޓޮކްތަކަށް ބޮޑު ތަރުހީބެއް ލިބިގެންގޮސް އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ސެލެބްރިޓީންވެސް ވަނީ ކާބީ ލޭމްގެ ފޭނުންނަށް ވެފައެވެ.

މީގެ އިތުރުން ކާބީ ލޭމަަށް ލިބެމުންދިޔަ ތަރުހީބު އިތުރުވެ، އޭނާ އަށް ސްޕޮންސަރުން ދޭ މީހުން ގިނަވެ، އެކި ކަހަލަ ހަފްލާތަކަަށްވެސް ލިބޭ ދައުވަތުތައް ވަނީ ގިނަވެފައެވެ.

އެފްރިކާގެ ސެނެގަލް އަށް އުފަން ކާބީ ލޭމް، އޭނާގެ އާއިލާ އާއިއެކު ދިރިއުޅެމުން ދަނީ އިޓަލީގައެވެ. އޭނާ އަށް ލިބެމުންދާ މަގުބޫލުކަމާއިއެކު ކާބީ ލޭމް ވަނީ މިއަހަރު ހޫގޯ ބޮސް އާއިއެކު ޕާޓްނާޝިޕްއަކަށްވެސް ސޮއިކޮށްފައެވެ. އަދި އިންފްލުއެންޒަރ މާކެޓުގެ ތަފާސް ހިސާބުން ދައްކާގޮތުގައި، އޭނާގެ ޓިކްޓޮކްގައި އިސްތިހާރެއް ޖެހުމުގެ އަގު އުޅެނީ ކޮންމެ ޓިކްޓޮކް އަކަށް 98،561 ޑޮލަރާއި 147،842 ޑޮލަރާއި ދެމެދުގެ އަގެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން