ސަލްމާން ޚާން އަދި ޝާހްރުކް ޚާން.
ސަލްމާން ޚާން އަދި ޝާހްރުކް ޚާން.
ބޮލީވުޑް މަޝްހޫރު ދެތަރިންކަމަށްވާ ސަލްމާން ޚާން އަދި ޝާހްރުކް ޚާންގެ އެކުވެރިކަމަށް ބުރޫއެރި ވާހަކަ އަކީ އެތައް ޒަމާނެއް ވެއްޖެ ވާހަކައެކެވެ. ނަމަވެސް މިވާހަކަތައް ދޮގުކޮށް ސަލްމާނަކީ އާއިލާ މީހެއްފަދަ ގާތް މީހެއްކަމަށް ޝާހްރުކް ޚާން މިވަނީ މިފަހަކުން ހާމަކޮށްފައެވެ.

ޝާހްރުކް ޚާން މިހެން ހާމަކޮށްފައިވަނީ އޭނާ ފިލްމީ ދާއިރާގައި ހޭދަކުރި ތިރީސް އަހަރު ދުވަހުގެ މަސައްކަތް ފާހަގަކުރުމުގެ ގޮތުން މީސްމީޑިއާގައި އާންމުން ކުރި ސުވާލުތަކަށް ޖަވާބުދެމުންނެވެ.

އެގޮތުން ޝާހްރުކް ބުނީ ސަލްމާނާއެކު މަސައްކަތްކުރާއިރު މަސައްކަތުގެ ސީރިއަސްކަމަށްވުރެ ބޭބެއަކަަށް އޮންނަ ލޯބި މާބޮޑަށް ފާހަގަވެގެންދާކަމަށެވެ. އެހެންކަމުގެ ސަލްމާނާއެކު ކުރާ ކޮންމެ މަސައްކަތަކުންވެސް ރަނގަޅު ހިތްހަމަޖެހޭ ތަޖުރިބާއެއް ކުރެވޭކަމަށް ޝާހު ފާހަގަކުރިއެވެ.

"ކަރަން އަރްޖުން ފިލްމަށްފަހު ސަލްމާނާއި އެކުގައި ފިލްމެއް ކުޅެލަން ފުރުސަތު ނުލިބޭ. ނަމަވެސް ދެމީހުން ލީޑު ކުރާ ފިލްމުތަކުންވެސް ކުދި ކުދި ރޯލު ކުޅެލަން ލިބުމުގެ ފުރުސަތާއެކު އަހަރެއްގެ ތެރޭގައި ހަފްތާއެއްހާ ދުވަހު އެކުގައި މަސައްކަތްކޮށްލަން ލިބޭ،" ޝާހްރުކް ޚާން ހާމަކުރިއެވެ.

ޝާހްރުކް ޚާން ދެން އެންމެ ފެނިގެންދާނީ އަންނަ އަހަރު ރިލީޒްކުރާ ހިންދީ ފިލްމު ޕަތާން އިންނެވެ. މިފިލްމުގައި ޝާހު އާއެކު ދީޕިކާ ފެނިގެންދާއިރު، ސަލްމާންވެސް ކުޑަ ރޯލަކުން ފެނިގެންދާނެކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން