ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިއްޖެއެވެ.
ސަރުކާރުން މިމަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ ހަބަރ ބޭސިން ފުން ކުރުމުގެ ބޮޑު ބައެއް ނިމިފައިވާއިރު، މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ސައިޓަށް މިހާރު ގެންދެވިފައިކަމަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭކަމަށެވެ.
އަދި 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 33.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިއްޖެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފުރަތަމަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންދެވިފައި.#MTCCProjects #RayyithungeKunfuni pic.twitter.com/jzgzqofXLc
— MTCC Plc (@MTCCPlc) June 26, 2022
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭކަމަށެވެ.
އަދި 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 33.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު