އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ ހިންދީ ފިލްމު ޑާލިންގްސް އަންނަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީސް ކުރަން ނިންމައިފި އެވެ.

އާލިއާ ބަޓް ވަނީ އޭނާގެ ސޯޝަލް މީޑިއާގައި މިކަން އިއުލާންކޮށް ފޮޓޯ އާއި ފިލްމުގެ ޓީޒަރއެއްވެސް ހިއްސާކޮށްފައެވެ. އާލިއާއާއި އެކު މިފިލްމުގައި ޝެފަލީ ޝާހް، ވިޖޭ ވަރްމާ އަދި ރޯޝަން މަތީން ވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ޑާކް ކޮމެޑީ ސްޓައިލަށް ގެނެސްދީފައިވާ މިފިލްމަކީ އާލިއާ ބަޓް ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމެވެ. މިފިލްމު ޕްރޮޑިއުސް ކުރުމުގައި އާލިއާ އާއެކު ޝާހްރުކް ޚާން ބައިވެރިވެފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އާލިއާ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ޑާލިންގްސް އޮގަސްޓް 5 ގައި ނެޓްފްލިކްގައި ރިލީޒް ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން