އެންތޮނީ މެކީ ލީޑް ރޯލުން ފެނިގެންދާ ފިލްމު ކެޕްޓަން އެމެރިކާ 4 އެއްގައި، ކެޕްޓަން އެމެރިކާގެ ރޯލުން ކްރިސް އިވާންސް ފެނިގެން ނުދާނެ ކަމުގެ ޔަގީކަން ދީފިއެވެ.
ކްރިސް އީވާންސް ބުނީ ކެޕްޓަން އެމެރިކާގެ ރޯލަށް އޭނާ އެނބުރި ނާންނާނެ ކަމަށާއި އޭނާގެ ބަދަލުގައި އެރޯލުން ފެނިގެންދާނީ ސޭމް ވިލްސަންގެ ކެރެކްޓަރ ކުޅޭ އެންތޮނީ މެކީ ކަމަށެވެ.
ކްރިސް އީވާންސް އަކީ މާވެލްސް ޔުނިވަރސްގެ އެންމެ ފުރަތަމަ ކެޕްޓަން އެމެރިކާގެ ރޯލުން ފެނިގެން ދިޔަ ފިލްމީ ތަރިއެވެ. އެގޮތުން މިހާތަނަށް މާވެލްސް ޔުނިވަރސްގެ ގިނަ ފިލްމުތަކުގެ ލީޑުރޯލުންވެސް ކްރިސް އީވާންސް ވަނީ ފެނިގެންގޮސްފައެވެ.
ކެޕްޓަން އެމެރިކާގެ ރޯލާ ސޭމް ވިލްސަން ހަވާލުވާން ހަމަޖެހިފައިވާއިރު، ސޭމް ވިލްސަންގެ ކެރެކްޓާ ކުޅެނީ އެކްޓަރ އެންތޮނީ މެކީ އެވެ. އެންތޮނީ މެކީ މާވެލް ޔުނިވާސްއިން ފުރަތަމަ ފަހަރަށް ފެނިގެން ދިޔައީ 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކެޕްޓަން އެމެރިކާ: ދަ ވިންޓަރ ސޮލްޖަރ" އިން ސޭމް ވިލްސަން، ނުވަތަ ފެލްކަންގެ ރޯލުންނެވެ. އޭނާ ދެން ފެނިގެންދިޔައީ 2019 ވަނަ އަހަރު ރިލީޒްކުރި "އެވޭންޖާސް: އެންޑްގޭމް" އިންނެވެ. މިފިލްމުގައި ނިމިގެންދާއިރު ކެޕްޓަން އެމެރިކާގެ ޝީލްޑް ސޭމްއާ ހަވާލުކުރާތަންވެސް ފެނިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު