ކްލޯއީ ކާޑޭޝިއަން އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްޕްސަން، ދެވަނަ ދަރިއަކަށް ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ.
2016 ވަނަ އަހަރުން ފެށިގެން ލޯބީގެ ގުޅުން އޮންނަ ރިއަލިޓީ ސްޓާ ކްލޯއީ ކާޑޭޝިއަން އާއި އުމުރުން 31 އަހަރުގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މިހާރުވެސް ޓްރޫ ނަމަކަށް ކިޔާ ހަތަރު އަހަރުގެ އަންހެން ދަރިއެއް ހުރެއެވެ. އަދި ދެވަނަ ދަރިއަކު ހޯދަނީ ސެރޮގޭޓެއް މެދުވެރިކޮށް (އެހެން އަންހެނެއްގެ ރަހިމްގައި ގަރުބަގަންނުވައިގެން) ކޮށްކަމަށްވެއެވެ.
"ޓްރޫއަށް އެއްބަނޑު އެއްބަފާ ކޮއްކޮއެއް ލިބެން އެބައުޅޭ. ދަރިއަކު ހޯދަން ކުރި މަސައްކަތުން ސެރޮގޭޓް ބަލިވެއިނީ މިދިޔަ ނޮވެމްބަރު މަހު،" ކްލޯއީ ކާޑޭޝިއަންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
އުމުރުން 39 އަހަރުގެ ކްލޯއީ ވަނީ މިހަބަރާއެކު އެ އާއިލާއަށް ޕްރައިވެސީ ދިނުމަށް އެދިފައެވެ.
މިދެތަރިން ވަކިވެފައިވަނީ ޓްރިސްޓަން ތޮމްޕްސަން އެހެން އަންހެނަކާ އެކު ދަރިއަކު ލިބުނުކަން ހާމަވުމުން، މި އަހަރުގެ ކުރީކޮޅުއެވެ. އެހެން އަންހެނަކަށް ދަރިއަކު ލިބުނުކަން ޓްރިސްޓަން ފުރަތަމަ އިންކާރުކުރި ނަމަވެސް ފަހުން ވަނީ ޕެޓަނިޓީ ޓެސްޓެއް ހަދައި، އޭނާ އަކީ ކުޑަ ފިރިހެން ކުއްޖެގެ ބައްޕަކަން ޔަގީންވުމުން ކާޑޭޝިއަން އާއިލާއަށް މައާފަށް އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު