ލޮސް އެންޖެލިސްގައި ހުންނަ ޕްރޮޑަކްޝަން އެންޑް ޑިޒައިން ކުންފުނި ފެންޓަމް ލެބްސް އިން ރެޕަރ ކާންޔޭ ވެސްޓްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޖުލައި 14 ވަނަ ދުވަހު ލޮސް އެންޖެލިސް ކައުންޓީގެ އިސް ކޯޓަކަށް ހުށަހެޅި އެ ދައުވާގައި ތުހުމަތުކޮށްފައި ވަނީ ވެސްޓްއާއި އޭނާގެ ޓީމުން ފެންޓަމް ލެބްސް އަށް ހަތް މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. ޑްރޭކް އާއި އެކު، ޑޮންޑާ 2 އަޑުއެހުމުގެ އިވެންޓެއް، އަދި ސަންޑޭ ސާވިސްގެ އެތައް ޕާފޯމަންސަކަށްވާ ފައިސާ ނުދައްކާކަމަށްވެސް ކާންޔޭއަށް ތުހުމަތުކޮށްފައިވެއެވެ.



ފެންޓަމް ލެބްސް އިން ބުނީ އެތައް މަޝްރޫއަކަށް ދައްކަން ޖެހޭ ފައިސާގެ ބިލްތައް ގިނަވާން ފެށުމުން، ކޮޗެލާ އިވެންޓުން ކާންޔޭއަށް ލިބެންޖެހޭ 9 މިލިއަން ޑޮލަރު ލިބުމުން، ފެންޓަމް ލެބަށް ކާންޔޭ ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާނެ ކަމުގެ ޔަގީންކަން ދިންކަމަށެވެ. ނަމަވެސް ކޮޗެލާ އިވެންޓުގައި ކާންޔޭ ބައިވެރި ނުވާން ނިންމުމާއެކު ފެންޓަމް ލެބްސް އިން އެހެން ކުންފުނިތަކަށް ދަރާފައިވާ ފައިސާތައް ދެއްކުމުގެ އުއްމީދުވެސް ގެއްލުނުކަމަށް ފެންޓަމް ލެބުން ބުނެއެވެ.

"އަހަރެމެން ކާންޔޭއާ އެކު ކުރި މަސައްކަތާ މެދު ފަޚުރުވެރިވަން. އަދި ގަބޫލުކުރަންދަތި، މިފަދަ ކަމަކުން ގުޅުމަށް ބުރޫއަރާފައިވާތީ މާޔޫސްވޭ. އެކުގައި މަސައްކަތްކުރަން ކެތްމަދުވެފައިވާ ފަރާތްތަކުގެ ފައިދާ ނަގަން މަޝްހޫރުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ފަރާތްތަކުގެ އަމަލުތަކަކީ ފަސޭހައިން ބަލައިގަނެވޭނެ ކަން ކަމެއް ނޫން،" ފެންޓަމް ލެބްސް އިން ނެރެފައިވާ ބަޔާނެއްގައިވެއެވެ.



ފެންޓަމް ލެބުން ކުރާ މިދައުވާގައި ތުހުމަތުކޮށްފައި ވަނީ ފެންޓަމް ލެބުން 2021 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކާންޔޭ އާއެކު ކުރަމުންދިޔަ މަސައްކަތްތަކަށް ދައްކަންޖެހޭ 7،154،177.67 ޑޮލަރު ނުލިބޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން