ޓައިމްސް މެގަޒިނުން ހޮވި، 2022 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މަގުބޫލު ތަންތަނުގެ ލިސްޓުގައި ޔޫއޭއީގެ ރަސް އަލްޚައިމާ ހިމަނައިފިއެވެ.

ދުނިޔޭގެ ފެންވަރުގައި ޒިޔާރަތް ކުރަން ޖެހޭ 50 މަންޒިލެއް ހިމެނޭ މިއަހަރުގެ ލިސްޓުގައި ރަސް އަލްޚައިމާގެ "ސްޓަނިން ޖިއޯ ޑައިވަރސިޓީ" އާއި "ސުޕަރލެޓިވް އައުޓްޑޯ އެޑްވެންޗާ އޮފާރިންގްސް" އަށް އަލިއަޅުވާލާފައިވެއެވެ.



އެ ނޫހުން ހާއްސަކޮށް ރަސް އަލްޚައިމާގެ އެޑްވެންޗާ ސްޕޮޓްތަކަށް އަލިއަޅުވާލާފައިވާއިރު އެންމެ ފާހަގަކޮށްލެވެނީ މިއަހަރުގެ ކުރީކޮޅު ތައާރަފްކުރި މި ސަރަހައްދުގެ އެންމެ ދިގު ޓޮބޮއްގަން ރައިޑް އަދި ހާޖަރު ފަރުބަދަތަކުގެ އެންމެ މަތީ އުސްމިނުގެ ނަމާ ގުޅުވައިގެން ނަންދެވިފައިވާ ޖޭއިސް ސްލެޑާގެ އިތުރުން ދުނިޔޭގެ އެންމެ ދިގު ޒިޕް ލައިން ކަމަށްވާ ޖައިސް ފްލައިޓް އެވެ. މީގެއިތުރުން އަލަށް ތައާރަފްކުރި ރަސް އަލްޚައިމާގެ އެއާވެންޗާ އެއްކަމަށްވާ ޓެދަރޑް ހޮޓް އެއާ ބެލޫން ތަޖުރިބާ ކޮށްލުމަށްވެސް ޓައިމްސް މެގަޒިންގައި ފާހަގަކޮށްފައިވެއެވެ.

މި ލިސްޓުގައި ހިމެނޭ އެހެން ތަންތަނުގެ ތެރޭގައި އިންޑިއާގެ ކެރެލާ އާއި، ދެކުނު ކޮރެއާގެ ސޯއުލް، ޒިމްބާބުވޭގެ ހަވާންގޭ ނޭޝަނަލް ޕާކް، ނިއުޒީލެންޑްގެ ކުއީންސްޓައުން، ޖަޕާނުގެ ކިއުޝޫ އައިލެންޑް އަދި އިންޑޮނޭޝިއާގެ ބާލީ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން