މިއަހަރުގެ ޖެނުއަރީ މަހު އިއުލާންކުރި ހިންދީ ފިލްމު "ސެލްފީ" ރިލީޒް ކުރާނެ ތާރީޚް އާންމުކޮށްފިއެވެ.

ދަރްމާ ޕްރޮޑަކްޝަންސް، ޕްރިތްވިރާޖް ޕްރޮޑަކްޝަންސް، މެޖިކް ފްރޭމްސް އަދި ކޭޕް އޮފް ގުޑް ފިލްމްސް އިން ޕްރޮޑިއުސްކުރާ "ސެލްފީ" ބޮޑު ސްކްރީންތަކަށް ރިލީޒް ކުރަން ނިންމާފައިވަނީ އަންނަ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

މިފިލްމަކީ އަކްޝޭ ކުމާރު އަދި އިމްރާން ހާޝްމީ ލީޑް ރޯލުން ފެނިގެންދާ ފިލްމެކެވެ.

"ސެލްފީ" އަކީ ޕްރިތްވިރާޖް އާއި ސޫރަޖް ވެންޖަރަމޫދޫ ލީޑް ރޯލުން ފެނިގެންދިޔަ މަލަޔާލަމް ފިލްމު "ޑްރައިވިން ލައިސަންސް" ގެ ހިންދީ ރީމޭކެކެވެ. މިފިލްމުން އަކްޝޭ އާއި އިމްރާން ގެ އިތުރުން ފިލްމީ ތަރި ޑަޔާނާ ޕެންޓީ އާއި ނުޝްރަތު ބަރޫޗާ ވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން