މިނީ ބަހުގެ ޚިދުމަތް ފެށުމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ މާލޭ ސިޓީ ކައުންސިލްގެ އެއްބާރުލުން އެކަމަށް ނުލިބުން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަށުން މިނީ ބަހުގެ ހިދުމަތް މާލޭގައި ދިނުމަށް ވާންޖެހޭ ތައްޔާރީތައް އެމްޓީސީސީން ވެފައިވާ ކަމަށެވެ. އެކަމުގައި ސަރުކާރުގެ އިދާރާތަކުން ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުން ދާކަން އާޒިމް ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް މިނީ ބަހުގެ ޚިދުމަތް ފެށުމަށް ގޮންޖެހުންތަކެއްވެސް ހުރިކަން ފާހަގަކުރަށްވައި އާޒިމް ވިދާޅުވީ މާލޭ ސިޓީކައުންސިލުން އެކަމަށް އެއްބާރުލުން ނުދެއްވާ ކަމަށެވެ. އެގޮތުން މިނީބަހުގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން އެމްޓީސީސީން ފޮނުވާ އެއްވެސް ސިޓީއަކަށްވެސް ސިޓީކައުންސިލުން ޖަވާބު ނުދޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
"ރައްޔިތުންނަށް އެނގެން އެބަޖެހޭ ކޮންތާކުތޯ ބަސް ހުއްޓަނީ. އެކަމަށް ވެސް ތަންތަން ހޯދުމަށް އަޅުގަނޑުމެން ސިޓީތައް ފޮނުވީ އެއަކަށް ޖަވާބެއް ނުލިބޭ. އަދި ބަސް ހުއްޓަން ވަކިތަންތަން ހެދޭނެ ތަންތަންވެސް ބޭނުންވޭ ސްޕޭސް ބޭނުންވޭ ކުރެހިފަ ހުންނަން ޖެހޭ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މާލެއަކީ ހިތްފަސޭހަތަނަކަށް ހެދުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ ސިޓީކައުންސިލުން އެކަމަށް އެއްބާރުން ލިބިގެން ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތްތަކެއް ދޭން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިބޭ ބަޔަކު އެއްބާރުލުން ނުދިނުމަކީ މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް މިނީ ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށާއި އެރަށްރަށަށް މިމަސް ތެރޭގައި ބަސްތައް ފޮނުވޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީންވަނީ މިނީބަހުގެ ދަތުރުތައް ފެށުމަށް ބޭނުންވާ 36 ބަސް މިހާރު ރާއްޖެ ގެނެސްފައެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވަނީ މިނީ ބަހުގެ ހިދުމަތަށް ގެންނަ ބަސްތަކަކީ 20 އާއި 25 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށާއި މި ބަސްތަކުގެ ދަތުރުތައް ކޮންމެ 10 މިނެޓަކުން އޮންނާނެކަމަށެވެ. އާޒިމް ވިދާޅުވީ ބަސްތައް ދުއްވާ ރޫޓްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ބަސްތައް ދަތުރުކުރާނީ ފަސޭހައިން ދަތުރުކުރެވޭ އަދި ރައްޔިތުންގެ ޑިމާންޑް އޮންނަ ސަރަހައްދުތަކުގައި ކަމަށެވެ.
އެމްޓީސީސީން ބުނީ މިނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ކަނޑައަޅާނީ މާލޭގެ މައި ބޮޑެތި މަގުތައް ހިމެނޭހެން ކަމަށާއި، މިނީބަހުގެ ރޫޓާއި، އެމް.ޓީ.ސީ.ސީން މާލެއާއި ހުޅުމާލެއާއި ދެމެދުކުރާ ބަސްދަތުރުތަކުގެ ރޫޓާވެސް ގުޅުވާލާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު