ދިއްލީގެ ސަފްދާރުޖަންގް ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް އިންކާރު ކުރުމުން ހޮސްޕިޓަލުގެ ބޭރުގައި މާބަނޑު އަންހެނަކު ވިހައިފިއެވެ.



އެހޮސްޕިޓަލުގައި ހުރި އެހެން ބަލިމީހަކު ވަނީ މުޅި ހާދިސާ ވީޑިއޯކޮށް އާންމުކޮށްފައެވެ.

އެ ހޮސްޕިޓަލުގެ ގައިނެކޮލޮޖީ ޑިޕާޓްމެންޓްގެ ބޭރުގައި އެ ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުން އަންހެން މީހާގެ ވިއްސުމަށް އެހީތެރިވެދޭތަން ވެސް ވިޑިއޯއިން ފެނެއެވެ.

މާބަނޑު އަންހެން މީހާގެ އާއިލާގެ މެމްބަރުން ބުނި ގޮތުގައި އެމީހުން ސަފްދާރުޖަންގް ހޮސްޕިޓަލަށް ދިޔައީ އިއްޔެ ހަވީރު 4 ޖަހާކަންހާއިރު އެވެ. ނަމަވެސް މިއަދު ހެނދުނު 9 ޖެހުމާ ހަމައަށްވެސް މާބަނޑު މީހާ އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ހޮސްޕިޓަލުން އިންކާރުކުރިކަމަށްވެއެވެ. އާއިލާގެ މެމްބަރުން ބުނަނީ އެ އަންހެން މީހާ ބަނޑުގައި ރިއްސައި އާދޭސް ކުރިއިރުވެސް ހޮސްޕިޓަލުން އަޅާލައިފައިނުވާކަމަަށެވެ.

މިއަދު ހެނދުނު އެ އަންހެން މީހާ ވިހެއުމަށް ބަނޑުގައި ރިއްސަން ފެށުމުން މެޑިކަލް ސްޓާފުން ވަނީ އެ ހޮސްޕިޓަލުގެ ގައިނެކޮލޮޖީ ޑިޕާޓްމަންޓުގެ ބޭރުގައި އޭނާއަށް އެހީތެރިވެދީފައެވެ. ވިހެއި ތުއްތު ކުއްޖާއާއި މަންމަގެ ވެސް ހާލު ރަނގަޅު ކަމަށާއި ވިހެއި ފަހުން ހޮސްޕިޓަލުގައި މިހާރު އެޑްމިޓް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާދިސާ މިހާރު ތަހުހީގު ކުރަމުން ދާއިރު މިހާދިސާއާއި ގުޅިގެން ގައިނެކޮލޮޖީ އެޗް.އޯ.ޑީ އަދި ހެޑް އޮފް އެޑްމިނިސްޓްރޭޝަނުން ކަން ހިނގާ ދިޔަގޮތުގެ ރިޕޯޓެއް ހުށަހެޅުމަށް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން