އިނގިރޭސި މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ މިއުޒިކް ޝޯވްއެއް އިންޑިއާގައި ބާއްވަން ނިންމައި އެކަމުގެ ޔަގީންކަން ދީފިއެވެ.
މިހާރު ކުރިއަށްދާ ޖަސްޓިންގެ "ޖަސްޓިސް ވޯލްޑް ޓުއަރ" ގެ ދަަށުން އިންޑިއާ ހިމެނޭގޮތަށް 30 އަށް ވުރެ ގިނަ ގައުމުގައި މިއުޒިކް ޝޯވް ކުޅެން ހަމަޖެހުނު ނަމަވެސް ޖަސްޓިން ވަނީ ޕާޝިއަލް ފޭސް ޕެރަލައިސިސް ޖެހިފައިވާކަން އެނގުމުން އުތުރު އެމެރިކާގެ ވަރަށް ގިނަ ޝޯތައް ކެންސަލްކޮށް، އެތައް މިލިއަން ފޭނުންނެއް ކަންބޮޑުކޮށްލާފައެވެ. މިއާއެކު އެމެރިކާގެ އިތުރުން، އިންޑިއާފަދަ އެހެން ގައުމުތަކުގައި ޝެޑިއުލްކޮށްފައި ހުރި ގިނަ ޝޯތަކެއް ކެންސަލް ވެދާނެ ފަދަ ވާހަކަ ތަކެއް ދެކެވެން ފެށިއެވެ.
ނަމަވެސް ހާލު ރަނގަޅުވަމުންދާކަމަށް ބުނެ ޖަސްޓިންގެ ޓީމުން ވަނީ ޖަސްޓިންގެ "ޖަސްޓިސް ވޯލްޑް ޓުއަރ" ގެ ދަަށުން އިންޑިއާއަށް ކުރަން ހަމަޖެހިފައިވާ ދަތުރު ޝެޑިއުލް އާއި އެއްގޮތަށް ކުރިއަށް ދާނެކަމަށް ހާމަކޮށްފައެވެ. އެގޮތުން އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ނިއުދިއްލީގެ ޖަވާހަރުލާލް ނެހުރޫ ސްޓޭޑިއަމްގައި ޖަސްޓިންގެ މިއުޒިކް ޝޯވް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މިއުޒިކް ޝޯވްގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު ޓިކެޓެއްގެ އަގު އުޅެނީ އިންޑިއާ ރުޕީޒްގެ 4000 ރުފިޔާއިން ފެށިގެން މަތީގައެވެ.
މިއީ ގާތްގަނޑަކަށް ފަސް އަހަރަށްފަހު އިންޑިއާގައި ބާއްވާ ޖަސްޓިންގެ ފުރަތަމަ މިއުޒިކް ޝޯވްއެވެ. އޭނާ އެންމެ ފަހުން އިންޑިއާގައި މިއުޒިކް ޝޯއެއް ބާއްވާފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހު، އޭނާގެ "ޕާޕަސް ވޯލްޑް ޓުއާ"ގެ ދަށުންނެވެ. މުމްބާއީގައި އޮތް މިޝޯވް ބަލާލަން 40،000 އަށް ވުރެ ގިނަ ފޭނުން ދިޔަކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު