70 އަހަރު ފަހުން ފުރަތަމަ ފަހަރަށް އިންޑިއާގެ ޖަންްގަލީތަކަށް ޗީޓާ ގެންނަން ނިންމައިފިއެވެ.

ވަލު ބުޅަލުގެ ގޮތުގައި ސިފަކުރާ ޗީޓާ އަކީ ދުނިޔޭގެ އެންމެ ބާރަށް ދުވާ އެއްގަމު ޖަނަވާރެވެ. އިންޑިއާގެ ޖަންގަލީތަކުގައި ޗީޓާ އަލުން އާލާ ކުރުމަށް އިންޑިއާއަށް ޗީޓާ ގެންނަން ހަމަޖެހިފައިވަނީ ނަމީބިއާއިންނެވެ. ނަމީބިއާ އަކީ ދުނިޔޭގެ އެންމެ ގިނަ ވަލު ބުޅަލުގެ އާބާދީ ހިމެނޭ ގައުމުކަމަށް ރިޕޯޓުތައް ބުނެއެވެ.



އިންޑިއާގެ ޖަންގަލީތަކަށް ޗީޓާ އަލުން ގެންނަނީ، 1952 ވަނަ އަހަރު އިންޑިއާގެ ޗީޓާ އާބާދީ ރަސްމީކޮށް ނެތިގެން ގޮސްފައިވާ ކަމަށް އިއުލާންކުރިތާ ހަތްދިހަވަރަކަށް އަހަރު ފަހުންނެވެ.



ދުނިޔޭގައި އެންމެ ބާރު ދުވެލީގައި އުޅޭ ބިމުގެ ޖަނަވާރު ކަމުގައިވާ ޗީޓާ ގަޑިއަކު 70 މޭލު (113 ކިލޯމީޓަރު) ބާރުމިނުގައި ދުވެ އެވެ.

ޗީޓާ އަކީ ދުނިޔެއިން ނެތިދިއުމުގެ ބިރުއޮތް ނާޒުކު ޖަނަވާރުގެ ބާވަތެއްގެ ގޮތުގައި ކަމާބެހޭ ފަރާތުން ކަނޑައަޅާފައިވާ ޖަނަވާރެކެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހިމެނެނީ ޗީޓާގެ 7،000 ވަރަކަށް ބާވަތްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން