ހަތަރު އަހަރުގެ ދިގު އިންތިޒާރަކަށްފަހު ރިލީޒްކުރި ހިންދީ ފިލްމު ޝަމްޝެރާ އަށް ހީކުރިވަރަކަށް ސަޕޯޓެއް ނުލިބުނެވެ.
ރަންބީރް ކަޕޫރް، ވާނީ ކަޕޫރް އަދި ސަންޖޭ ދަތު މުހިންމު ރޯލުތަކަކުން ފެނިގެންދާ މިފިލްމު ރިލީޒްކޮށްފައިވަނީ ޖުލައި 22 ވަނަ ދުވަހުއެވެ. ދިގު އިންތިޒާރަކަށްފަހު ފިލްމު ރިލީޒް ކުރިނަމަވެސް، ފިލްމަށް އެދެވޭ ތަރުހީބެއް ނުލިބޭކަމަށް ރިޕޯޓުތައް ބުނެއެވެ.
އަދި ފިލްމު ބަލާނެ ބަޔަކު ނެތުމުން ގިނަ ޝޯތަކެއް ކެންސަލް ކުރަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
1800 ގެ އަހަރުތައް ދައްކުވައިދޭ މިފިލްމަކީ، އިނގިރޭސިންގެ ވެރިކަމާ ދެކޮޅަށް މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. 150 ކްރޯޑް ރުޕީސް ނުވަތަ 19 މިލިއަން އެމެރިކާ ޑޮލަރަށް ބަޖެޓްކޮށްފައިވާ މި ފިލްމަކީ އަގުބޮޑެތި ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއް ފިލްމެވެ.

ކިޔުންތެރިންގެ ހިޔާލު