އިންޑިއާގެ އެހީގެ ދަށުން ކުރިއަށްދާ މާލޭ ހުކުރު މިސްކިތުގެ އާބަތުރަ ފިލުވުމުގެ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ ބައެއް މަސައްކަތްތައް ނިންމާލައިފިއެވެ.
މާލޭ ހުކުރު މިސްކިތުގެ އާބަތުރަ ފިލުވުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަށާފައިވާ މަސައްކަތެކެވެ.
ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިއްޔެ ވަނީ މިމަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
މިނިސްޓަރ ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަސައްކަތުގެ ދަށުން މިސްކިތުގެ މަހާނަ ގައުތަކާއި، 7 ޒިޔާރަތެއްގެ އާބާތުރަ ފިލުވައި، ދޭންޖެހޭ ކެމިކަލް ފަރުވާދީ ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޒިޔާރަތްތަކުގެ ލަކުޑިތަކަށް ކެމިކަލް ޓްރީޓްމަންޓްގެ މަސައްކަތްކަމަށް އެކަމަނާ ވިދާޅުވިއެވެ.
ހެެރިޓޭޖް މިނިސްޓްރީން ބުނީ މި މަސައްކަތް ނިމޭއިރު، މިސްކިތުގެ ބޭރުފުށުން މާބޮޑު ބަދަލެއް ނުފެންނާނެކަމަށެވެ. އަދި މިސްކިތުގެ ފުރާޅަށް ލިބިފައިވާ ގެއްލުންތައްވެސް މަރާމާތު ކުރުން މި ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށްދާނެއެވެ. މީގެއިތުރުން ގަހުގެ މޫތައް ދުވުމުގެ ސަބަބުން މިސްކިތަށް ލިބޭ ގެއްލުން ހުއްޓުވުމަށް، ބިމުގެ އަޑީގައި ކޮންކްރީޓް ބެރިއަރއެއް ރޭނުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މިއީ އިންޑިއާ ސަރުކާރުގެ އެހީގައި 1.3 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މާލޭ ހުކުރުމިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ހުރި އާސާރުތަކުގެ އާބާތުރަފިލުވުމަށް އިންޑިއާ ސަރުކާރުގެ އެހީގައި މިވުޒާރާއާއި @HeritageMv އަދި @ASIGoI ގުޅިގެން ކުރަމުންދާ މަސައްކަތްތައް ރައްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު @AmbMunu އާއި މިނިސްޓަރ @yumna_maumoon ބައްލަވާލައްވައިފި pic.twitter.com/A26QUXeTgZ
— Ministry of Arts, Culture and Heritage (@MoACHmv) July 27, 2022
މިނިސްޓަރ ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަސައްކަތުގެ ދަށުން މިސްކިތުގެ މަހާނަ ގައުތަކާއި، 7 ޒިޔާރަތެއްގެ އާބާތުރަ ފިލުވައި، ދޭންޖެހޭ ކެމިކަލް ފަރުވާދީ ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޒިޔާރަތްތަކުގެ ލަކުޑިތަކަށް ކެމިކަލް ޓްރީޓްމަންޓްގެ މަސައްކަތްކަމަށް އެކަމަނާ ވިދާޅުވިއެވެ.
Happy to see that cleaning and conservation work of the coral stone tomb stones and 7 Mausoleums at Male’ Friday Mosque courtyard has been completed and that the cleaning and chemical treatment of the wooden members of the Mausoleums have started. @AmbMunu @HCIMaldives @ASIGoI https://t.co/IveYRKIh9X
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) July 27, 2022
ހެެރިޓޭޖް މިނިސްޓްރީން ބުނީ މި މަސައްކަތް ނިމޭއިރު، މިސްކިތުގެ ބޭރުފުށުން މާބޮޑު ބަދަލެއް ނުފެންނާނެކަމަށެވެ. އަދި މިސްކިތުގެ ފުރާޅަށް ލިބިފައިވާ ގެއްލުންތައްވެސް މަރާމާތު ކުރުން މި ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށްދާނެއެވެ. މީގެއިތުރުން ގަހުގެ މޫތައް ދުވުމުގެ ސަބަބުން މިސްކިތަށް ލިބޭ ގެއްލުން ހުއްޓުވުމަށް، ބިމުގެ އަޑީގައި ކޮންކްރީޓް ބެރިއަރއެއް ރޭނުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މިއީ އިންޑިއާ ސަރުކާރުގެ އެހީގައި 1.3 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ހިޔާލު