އަހުމަދު މަސްނޫމް   29 ޖުލައި 2022 - 22:35
ޓެކުހަށް މަކަރު ހަދާފައިވާކަމަށް ބުނާ މައްސަލައެއްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާއަށް 8 އަހަރުގެ ޖަލު ހުކުމުގެ އަދަބެއް ދޭން ސްޕެއިންގެ ޕްރޮސެކިއުޓަރުން ކޯޓުގައި އެދިއްޖެއެވެ.

ކޮލަމްބިއާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ޝަކިރާއަށް ސްޕެއިންގައި ދައުވާކުރަނީ 2012 އިން 2014 އަށް އޭނާ ސްޕެއިންގައި އުޅުނުއިރު ދައްކަންޖެހޭ 14.5 މިލިއަން ޔުރޯގެ ޓެކްސް ނުދައްކާ، މަކަރު ހެދިކަމަށް ބުނެއެވެ. ނަމަވެސް ޝަކީރާ ބުނަނީ އެ މުއްދަތުގައި އޭނާ ސްޕެއިންގައި ދިރިއުޅެފައި ނުވާނޭކަމަށެވެ. ޝަކީރާ ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމަށް ސްޕެއިންގެ ޕްރޮސެކިއުޓަރުން ހުށަހެޅި ހުށަހެޅުމަށް މިހަފްތާގެ ކުރީކޮޅު ދެކޮޅު ހަދާފައެވެ.



2012 އިން 2014 އަށް ސްޕެއިންގައި ދިރިއުޅުނުކަމަށް ބުނާ ވާހަކަތައް ޝަކީރާ ދޮގުކުރާއިރު، ސްޕެއިންގެ ޕްރޮސެކިއުޓަރުން ބުނަނީ އެ މުއްދަތުގައި "އޯޑިނަރީ ރެސިޑެންޓް" އެއްގެ ގޮތުގައި އޭނާ އުޅެފައިވާކަމަށެވެ. އަދި 2012ގެ މޭމަހު ޝަކީރާ ބާސެލޯނާއިން ގެއެއް ގަނެ، 2013 ވަނަ އަހަރު އޭނާއާއި އޭނާގެ ލޯބި ވެރިޔާއަށް ލިބުނު ދަރިފުޅާއެކު އެ ގޭގައި އުޅެމުންދިޔަކަން ޕްރޮސެކިއުޓަރުންގެ ލިޔެކިޔުންތަކުން ހާމަވެއެވެ.

ސްޕެއިންގެ ޕްރޮސެކިއުޓަރުން ހުށަހަޅާ ކަންކަން ކޯޓުގައި ސާބިތުވެއްޖެނަމަ ޝަކީރާއަށް 8 އަހަރުގެ ޖަލު ހުކުމަކާއެކު 23 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް އަންނާނެއެވެ. ނަމަވެސް މިމައްސަލައިގައި ޝަރީއަތް ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.

ޝަކީރާގެ ފަރާތުން މީޑިއާގައި ވާހަކަދައްކާ މަންދޫބު ބުނީ ކުށެއް ނުކުރާކަމުގެ ފުރިހަމަ ޔަގީންކަން ޝަކީރާއަށް އެބައޮތްކަމަށާއި، މިއީ އޭނާގެ ހައްގުތަކަށް އަރައިގަނެގެން ހިންގާ ކަމެއްކަމަށެވެ. މީގެކުރިން ޝަކީރާ ބުނެފައިވަނީ ޓެކްސްގެ މައްސަލައިގައި ސްޕެއިންގެ ކަމާއިބެހޭ ފަރާތްތަކުން ދައްކަން އެންގި 17.2 މިލިއަން ޔޫރޯ ދައްކާފައިވާކަމަށެވެ. އަދި އިތުރަށް ދައްކަންޖެހޭ އެއްޗެއް ނޯންނާނެކަމަށްވެސް ޝަކީރާ މީގެކުރިން ވަނީ ބުނެފައެވެ.

ޝަކީރާއާ ގުޅޭ ހަބަރުތަކެއް މީޑިއާގައި އަނެއްކާވެސް ތިލަވެފައިވާއިރު، އޭނާގެ ވާހަކަަތައް އެންމެފަހުން މީޑިއާގައި ދެކެވިފައިވަނީ ޝަކީރާގެ ފިރިމީހާ އަދި ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭ ވަރިވާން އުޅޭކަން އިއުލާންކުރުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން