މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ދެ ކުއާޓާގައި 130 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްޓީސީސީގެ މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެކުންފުންޏަށް 1.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ފުރަތަމަ ކުއާޓަރގެ އާމްދަނީއަކީ 550 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރގައި ލިބުނީ 593 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި އެމްޓީސީސީއަށް ފައިދާގެ ގޮތުގައި ލިބުނީ 125 މިލިއަން ރުފިޔާ އެވެ.
މިއަހަރުގެ ދެވަނަ ކުއާޓާގެ ރިޕޯޓުން ދައްކާ ގޮތުގައި އެމްޓީސީސީއަށް އެންމެ ބޮޑު ޢާމްދަނީއެއް ލިބެނީ ކޮންޓްރެކްޓިން އާއި، ޓްރޭޑިންގެ އިތުރުން ޑްރެޖިން މަސައްކަތުންނެވެ. އެމްޓީސީސީއަށް އެންމެ މަދުން އާމްދަނީ ލިބެނީ ދަތުރުފަތުރުގެ ވިއުގައިންނެވެ. މިއަހަރުގެ ދެވަނަ ކުއާޓާގައި ދަތުރުފަތުރުގެ ވިއުގައިން އެމްޓީސީސީއަށް ފަސް ލައްކަ ރުފިޔާގެ ފައިދާއެއް ލިބިފައި ވެއެވެ.
މިދިޔަ އަހަރު އެ ކުންފުނީގެ ޖުމްލަ ފައިދާ 271 މިލިއަން ރުފިޔާއަށް އަރާއިރު، އެއީ އެ ކުންފުނީގެ ތާރީހުގައި ހޯދި އެންމެ ބޮޑު ފައިދާ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެ ކުންފުނީގެ އަމާޒަކީ މި އަހަރުގެ ޖުމްލަ ފައިދާ 300 މިލިއަން ރުފިޔާއަށް އެރުވުމެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ބަނދަރުތައް ހެދުމާއި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިމެނެ އެވެ. މީގެ އިތުރުން ސަރުކާރުގެ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ޚިދުމަތް ދެމުންގެންދަނީވެސް އެމްޓީސީސީންނެވެ.

ކިޔުންތެރިންގެ ހިޔާލު