ދ. ކުޑަހުވަދޫ އެއާޕޯޓު ބަންދުކޮށް ފަތުރުވެރިންނަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުންތަކަކީ ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫންކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ކުޑަހުވަދޫގައި ހާޓް އެޓޭކެއް ޖެހުނު މީހަކު އިތުރު ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ނެތުމުން އެރަށު ރައްޔިތުންވަނީ އެއަރޕޯޓް ސަރަޙައްދު ބަންދުކޮށް ހަމަނުޖެހުން އުފައްދައި ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެފަދަ ޢަމަލުތަކެއް ކޮށްފައެވެ. އެގޮތުން ފުލުހުންނާ ކުރިމަތިލައި ޙަމަލާދީފައިވާ ވީޑިއޯތަކެއްވެސް މީސް މީޑިއާގައިވަނީ ދައުރުވެފައެވެ.
ކުޑަހުވަދޫ ހަމަނުޖެހުމާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު ވިދާޅުވީ އެފަދަ ޢަމަލުތަކަކީ ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫންކަމަށެވެ. އެގޮތުން މާލެ އާއި އައްޑޫ ސިޓީގައިވެސް ސިއްޙީ ފަރުވާލިބޭނެ މަރުކަޒުތަކަށް ބަލިމީހުން އުފުލަން ބޭނުން ވިޔަސް ރައްޔިތުން ދުވެގޮސް އެއަރޕޯޓްގެ ހިންގުން ހުއްޓުވާނުލާކަން ފިރާޤު ފާހަގަކުރެއްވިއެވެ.
"އެހެންވީމާ ބުނެލެވުނީ ތަންފުކެއް ބޮޑުވަރޭތީ." ފިރާޤު ވިދާޅުވިއެވެ.
ކުޑަހުވަދޫ އެއަރޕޯޓް ބަންދުކުރުމާ ގުޅިގެން އެއަރޕޯޓަށް ފުރަން އައިސް ތިބި 12 ފަތުރުވެރިން ނުފުރި އެތަނުގައި ތާށިވި އެވެ. އެހެންކަމުން މިއީ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއްކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ކުޑަހުވަދޫގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކުޑަހުވަދޫ އެއަރޕޯޓް އޮޕަރޭޓްކުރާ މަންތާ އެއާލައިނުން ބުނެފައިވަނީ އޭޓީއާރު އެއާކްރާފްޓް ޑިޒައިންކޮށްފައިވާ ގޮތުން އެ ބޯޓަށް ސްޓްރެޗާ ނޭރުވޭ ކަމަށެވެ. ނަމަވެސް، ގޮނޑީގައި އަމިއްލައަށް އިނދެގެން ދަތުކުރެވޭވަރު މީހެއްކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުން ދެއްކުމުން ދަތުރުކުރެވޭނެ ކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.
ކުޑަހުވަދޫ އެއާޕޯޓުގެ ބޭރުގައި މީހުންނަށް ނުނިކުމެވޭނެހެން ޓިނުޖަހާ ބަންދުކުރުމާ ގުޅިގެން، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށްވެސް ބުރޫ އެރިއެވެ. އަދި އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ހުއްޓުވަން ދިޔަ ފުލުހުންނާ އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާ 6 މީހަކު ހައްޔަރުވެސް ކުރި އެވެ.

Male in emergency gai raajje in beyrah meehaku gendhan beynuvaa komme faharaku rayithun Dhuvegos airport eh bandheh nukure , hama eh emme addu riyuthun beynuvaa efadha haalathegai airport operation hiruvaehnula.
— Mohamed Firaq (@mohamedfiraq) August 2, 2022
Ehenveemaa bunelevunee thafukeh boduvarey thee.
ކުޑަހުވަދޫ އެއަރޕޯޓް ބަންދުކުރުމާ ގުޅިގެން އެއަރޕޯޓަށް ފުރަން އައިސް ތިބި 12 ފަތުރުވެރިން ނުފުރި އެތަނުގައި ތާށިވި އެވެ. އެހެންކަމުން މިއީ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއްކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ކުޑަހުވަދޫގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކުޑަހުވަދޫ އެއަރޕޯޓް އޮޕަރޭޓްކުރާ މަންތާ އެއާލައިނުން ބުނެފައިވަނީ އޭޓީއާރު އެއާކްރާފްޓް ޑިޒައިންކޮށްފައިވާ ގޮތުން އެ ބޯޓަށް ސްޓްރެޗާ ނޭރުވޭ ކަމަށެވެ. ނަމަވެސް، ގޮނޑީގައި އަމިއްލައަށް އިނދެގެން ދަތުކުރެވޭވަރު މީހެއްކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުން ދެއްކުމުން ދަތުރުކުރެވޭނެ ކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.
ކުޑަހުވަދޫ އެއާޕޯޓުގެ ބޭރުގައި މީހުންނަށް ނުނިކުމެވޭނެހެން ޓިނުޖަހާ ބަންދުކުރުމާ ގުޅިގެން، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށްވެސް ބުރޫ އެރިއެވެ. އަދި އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ހުއްޓުވަން ދިޔަ ފުލުހުންނާ އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާ 6 މީހަކު ހައްޔަރުވެސް ކުރި އެވެ.
ކިޔުންތެރިންގެ ހިޔާލު