އެއްޖިންސުން ގުޅުންހިންގުމުގެ މައްސަލަތަކުގައި މުދިމަކާއި ސިފައިންގެ މީހަކަށްވެސް ފިޔަވަޅު އަޅާފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

"ރަސް އޮންލައިނަށް" މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މުދިމެއްގެ އެފަދަ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާތީ އޭނާ ސަސްޕެންޑްކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި އެދިފައިވާ ކަމަށެވެ.

އޭގެ އިތުރުން އެމްއެންޑީއެފްގައި މަސައްކަތްކުރާ މުވައްޒަފަކުވެސް ސަސްޕެންޑް ކޮށްފައިވާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެ އިދާރާއިން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުންހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރި އާއެކު ގުޅުން ހިންގިކަމަށް ތުުހުމަތުކުރެވޭ ދަޢުލަތުގެ ގިނަ އިދާރާތަކެއްގެ މުވައްޒަފުންތަކަކަށް މިހާރުވަނީ ފިޔަވަޅު އަޅައި މަޤާމުން ސަސްޕެންޑް ކޮށްފައެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އިން މަތީގައި އުޅޭކަމަށް މަޢުލޫމާތު ލިބޭއިރުއިރު އޭގެ ތެރެއިން ބައެއް މީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ބައެއް މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.

އެ މައްސަލާގައި ހިމެނޭ އިތުރުމީހުން ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން