"މިހާރު ކިޔެވުމުގެ ބޭނުމެއް ނެތް.." މިއީ ރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގަލޮޅު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ބައްދަލު ކުރެއްވުމުގައި ޢާއްމު ރައްޔިތަކު އޭނާގެ އުދާސްތައް ބޭރުކޮށްލި ގޮތެވެ.
ރޭގެ ޖަލްސާ ބޮޑަށް ފާހަގަ ކުރެވުނީ ރައްޔިތުންގެ އަމިއްލަ ބޭނުންތަކުގެ އިތުރުން، ސަރުކާރު ހިންގަމުންދާ ގޮތާމެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުން ބޮޑުވެ، އެކަމުގެ އުދާސްތައް ބަންޑުންކޮށްލި ބައްދަލުވުމެއްގެ ގޮތުގައެވެ. އެގޮތުން ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީސް އުވާލަން ޖެހޭ ކަމަށް ރައްޔިތަކު ބުނެފައިވެއެވެ. އަދި އެއީ އެއްވެސް ގޮތަކަށް ރައްޔިތުންނަށް ބޭނުންތެރި ތަނެއް ނޫން ކަމަށްބުނެ ޚިޔާލުފާޅު ކޮށްފައިވެއެވެ.
ހަމައެއާއެކު ތަޢުލީމީ ފެންވަރާއި ޝަރުތު ކަނޑައަޅަން ޖެހެނީ އާދައިގެ ވަޒީފާއަށްދާ ކުދިންނަށް އެކަނި ނޫން ކަމަށާއި، މަޖިލީހަށާއި، ސިޔާސީ މަޤާމުތަކަށް އަންނަ މީހުންނަށް ވެސް ޝަރުތު ކަނޑައަޅަން ޖެހޭކަމަށް ރައްޔިތަކު ބުނެފައިވެއެވެ. ރާއްޖޭގައި މިހާރު ކިޔެވުމުގެ ބޭނުމެއް ނެތް ކަމަށާއި، ޤާނޫނާ ޤަވާއިދާ ޚިލާފު ކަންކަމުން ނަފާހޯދުން ސަރުކާރަށް ނުހުއްޓުވޭ ކަމުގެ ޝަކުވާވެސް ރައްޔިތަކު ކޮށްފައިވެއެވެ.
"ރާއްޖޭގައި މިހާރު ކިޔެވުމުގެ ބޭނުމެއް ނެތް. މަސްތުވާތަކެތި ވިއްކުމާ ޖުވާ ކުޅުމާ މަސާޖު ޕާލާ ހިންގުމާ މިކަހަލަ ކަންތައްތައް ކުރުމުން ނިމުނީ. އަދަބެއް ދޭން ބޭނުންވިއްޔާ ރާއްޖެއިން ބޭރުގައި ހުންނަ މީހާ ގެނެވޭ. އެކަމަކު ރާއްޖެއިން ބޭރަށް އަމިއްލަ ގޮތަށް ގޮސް މިސާލަކަށް ސީރިއާއަށް ހަނގުރާމައަށް ދިޔަ ކުއްޖާ ޢާއިލާތަކުން އާދޭސް ކުރަނީ، އެކަމަކު ނުގެނެވޭ." ރޭ ޚިޔާލުފާޅުކުރި ރައްޔިތަކު އިޙްސާސްތައް ބަންޑުން ކޮށްލިއެވެ.
ހަމައެހެންމެ ޙައްޤުތައް އޮތީ ފުލުހުންނަށާއި، ބިދޭސީންނަށްކަން ފާހަގަކޮށް ރައްޔިތަކު ބުނީ، ފިހާރަތައް ހިންގަނީ ބިދޭސީން ކަމަށާއި، ބިދޭސީން ރޭގަނޑު 11 އިން ހެނދުނު އިރުއަރަންދެން ލައިސަންސް ނެތި އުޅޭއިރު، އެކަން ބަލާނެ ފަރާތެއް ނެތް ކަމަށެވެ. އަދި މިއަދު ދިވެހިންގެ އައިޑީކާޑުގެ އަގުވެސް ނެތްކަމަށް ރައްޔިތަކު ފާހަގަކޮށްފައިވެއެވެ.
އޭގެއިތުރުން މާލޭހިޔާގެ ފަހަތުގައި ދަރިންނާއި މައިންބަފައިން ހިތްހަމަޖައްސާލަން އޮތް ހުސްބިންކޮޅު ފުލުހުން ހިސޯރުކޮށްފައިވާ ކަމަށްބުނެ ރައްޔިތަކު ވަނީ މިނިސްޓަރު އިޙުސާންގެ އަރިހުން އެކަން ރަނގަޅު ކޮށްދިނުމަށް އެދިފައެވެ.
ރޭގެ ޖަލްސާގައި ރައްޔިތުންވަނީ، ރައީސް މުއިއްޒު ދެވަނަ ދައުރެއް ބޭނުންފުޅުވާނަމަ އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވުމަށް އެދިފައިވެއެވެ. އަދި ޒުވާނުން މުޅިން ބާކީވެފައިވާ ކަމަށާއި، ގައުމުގައި ބަސްބުނަން ތިބި ބައެއް ބޭފުޅުން ފަހަތަށް ޖެހިލާ ޒުވާނުންނަށް ފުރުޞަތު ދިނުމަށްވެސް ގޮވާލާފައިވެއެވެ.
"ހަޤީޤަތަށް ބުނަންޏާ ޒުވާނުން މިތިބީ މިއަދު މުޅިން ބާކީވެފައި.. ޒުވާނުންނަކަށް ނެތް ފުރުސަތެއް.. އަޅުގަނޑުމެންނަކީ އައި.ޑީ ކާޑެއް އޮންނަ ކަމެއް ނުވާ ދިވެހި ރައްޔިތުން." ރައްޔިތަކު އޭނާގެ އުދާސްތައް ބޭރުކޮށްލިއެވެ.

ކިޔުންތެރިންގެ ހިޔާލު