މިރޭ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) "ރީސެޓް" ގެ ނަމުގައި ބާއްވާ ބޮޑު ޖަލްސާއަށް ކަރަންޓު ދޭން ސްޓެލްކޯއިން ދެކޮޅު ހަދާކަމަށް ބުނެ, އެ ޕާޓީން އަމިއްލައަށް ޖަނަރޭޓަރެއް ބަހައްޓައިފިއެވެ.
އާޓިފިޝަލް ބީޗުގައި މިރޭ ޖަލްސާ ބާއްވަން ތައްޔާރުވަމުން ދަނިކޮށް ސްޓެލްކޯއިން އިއްޔެ ވަނީ އެތަނުގެ ކޭބަލްތައް އާ ކުރުމުގެ މަސައްކަތެއް ފަށާފައެވެ.
އެކްސްގައި ހިއްސާކުރި ޕޯސްޓެެއްގައި ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވަނީ ސްޓެލްކޯއިން ކޭބަލް ނެގުމަށް ފަހު, އެ ސަރަހައްދުގައި ޓޭޕް އަޅައި ބަންދުކޮށްފައިވާތީ ކަރަންޓު ނުދީ ޖެއްސުން ކުރުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ވިދާޅުވީ މިއަދު 12 ޖެހުމާ ހަމައަށްވެސް ސްޓެލްކޯއިން ކޭބަލްތައް ގުޅުމުގެ މަސައްކަތް ފަށާފައި ނުވާކަމަށެވެ.
އެފަހުން މިރޭގެ ޖަލްސާ ބޭއްވުމަށް ޕީއެންއެފްއިން އިން އަމިއްލައަށް ވަނީ އާޓިފިޝަލް ބީޗުގައި 150 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ބެހައްޓާފައެވެ.
މަލީހް ވިދާޅުވީ ސަރުކާރުން މިފަދަ ހުރަސްތައް ކުރިމަތި ކުރުވިޔަސް މިރޭގެ ޖަލްސާ ކުރިއަށް ދާނެ ކަމަށެވެ.
މިކަމާގުޅިގެން ސްޓެލްކޯގެ ބަހެއް ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
ސަރުކާރުން ކުރާ ނޭދެވޭ ކަންކަން "ރީސެޓް" ކުރުމަށް ކަމަށް ބުނެ މިރޭ ބާއްވާ ޖަލްސާގައި އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް ޢަަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ސިޔާސީ މުހިންމު ކަންތައްތަކެއް ހާމަކުރައްވާނެ ކަމަށް ޕީއެންއެފްއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު