މިދިޔަ 40 އަހަރު ތެރޭގައި ނުކުރާވަރަށް ސަރުކާރުން ބިލެއްދޫ ދާއިރާ ތަރައްގީ ކޮށްފައިވާކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު ދޮންބިލެއް އަޙްމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް މިގޮތަށް ވިދާޅުވެފައިވަނީ ފ. މަގޫދޫ ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ހަލީމް ވިދާޅުވީ، މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތާ އެކުގައިވެސް ސަރުކާރުން ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
އެގޮތުން މިދިޔަ 40 އަހަރު ތެރޭ ނުކުރާވަރަށް ބިލެއްދޫ ދާއިރާގެ ތަރައްގީއަށް މި ސަރުކާރުން މަސައްކަތް ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ދާއިރާއަށް ސަރުކާރުން ގެންނަމުންދާ ތަރައްގީ ފާހަގަ ކުރަށްވާ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަލީމް ޝުކުރު އަދާކުރެއްވިއެވެ.
"އެމްޑީޕީގެ ސަރުކާރަކީ ވަކި ތަފާތުކުރުމެއް ބަހައްޓާނެ ބައެއް ނޫން. އާބާދީ ކުޑަވީމަ ތަރައްގީނުވެފައެއް ނުހުންނާނެ. ސަރުކާރުން އަބަދުވެސް ބަލަނީ ތަރައްގީގެ ކަންކަން އަވަހަށް ހަމަހަމައަށް ކުރިއަށް ގެންދެވޭތޯ" ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވިއެވެ.
މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މެންބަރު ހަލީމްގެ އިތުރުން، މަގޫދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުالله ވަޙީދާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަގޫދޫ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 17 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، އެއަރޕޯޓް ގާއިމުކުރުމަށްޓަކައި 30.8 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 3،339 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 206.88 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެއަރޕޯޓުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު