މަޝްހޫރު ފިލްމީތަރި ފައުޒިއްޔާ ޙަސަން ނިޔާވެއްޖެއެވެ.
ފައުޒިއްޔާ ޙަސަން ނިޔާވީ މެޔަށް ތަދެއް އަރައިގެން ވެއްޓި ފަރުވާދެމުން ދަނިކޮށް ސްރީލަންކާގައެވެ.
ރާއްޖޭގެ ފިލްމީ ދާއިރާގެ ކުޅަދާނަ ތަރި، ފައުޒިއްޔާ މިއަދު ނިޔާވެފައިވާއިރު މިއީ ދިވެހި ފިލްމީ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއްކަމަށް ފިލްމީ ދާއިރާގެ އިސްފަރާތްތަކުން ވަނީ ބުނެފައެވެ. ފައުޒިއްޔާ ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި ގިނަ ފިލްމުތަކެއްގައި ޙަރަކާތްތެރިވެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައެވެ.
ހަމައެއާއެކު 1994 ވަނަ އަހަރު ޖާސޫސްކުރުމުގެ ތުހުމަތުގައި އިންޑިއާއިން ފައުޒިއްޔާ ހައްޔަރުކުރި މައްސަލާގައިވެސް ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބުނެވެ. ނަމަވެސް އޭނާ 3 އަހަރު ދުވަސް ވަންދެން އިންޑިއާގެ ޖަލުތަކުގައި ބަންދުކޮށްގެން ގެންގުޅެފައިވަނީ ނުޙައްޤުންކަމަށް އިންޑިއާގެ ތަހުގީގީ މައި އިދާރާ ސީބީއައި އިން ފަހުން ވަނީ ބުނެފައެވެ.
އެކަމާގުޅިގެން ފައުޒިއްޔާ ބުނެފައިވަނީ ފޭކް އައިއެސްއާރްއޯ އެއްގެދަށުން އޭނާ އިންޑިއާގެ ޖަލަށްލައި ހައްގުތަކުން މަހުރޫމު ކުރިކަމަށެވެ. އިންޑިއާ ޖަލުގައި ތިން އަހަރު ބަންދުކޮށްފައިވާތީ އެކަމުގެ ބަދަލު އިންޑިއާ ސަރުކާރުން ދޭންޖެހޭނެ ކަމަށް އޭނާ 2018 ވަނަ އަހަރު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު