ރަށުން ބޭރުގައި މަޔޯކާ އާ ދެކޮޅަށް ބާސާއިން ރޭ ކުޅުނު މެޗް ކާމިޔާބު ކޮށްފައިވަނީ، 4-0 ގެ ނަތީޖާއަކުން
ރަށުން ބޭރުގައި މަޔޯކާ އާ ދެކޮޅަށް ބާސާއިން ރޭ ކުޅުނު މެޗް ކާމިޔާބު ކޮށްފައިވަނީ، 4-0 ގެ ނަތީޖާއަކުން
ކޯވިޑް-19 އަށް މެދު ކަނޑާލުމަށްފަހު ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، ބާސާއިން ލީގުގައި 5 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރަށުން ބޭރުގައި މަޔޯކާ އާ ދެކޮޅަށް ބާސާއިން ރޭ ކުޅުނު މެޗް ކާމިޔާބު ކޮށްފައިވަނީ، 4-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފަށައިގެން 65 ވަނަ ސިކުންތުގައި ޖޯޑީ އަލްބާ ހުރަސްކޮށްދިން ބޯޅައަކުން ބާސާއަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު އާޓޫރޯ ވިޑާލެވެ. ބާސާގެ ދެވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނެލް މެސީގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ، ފޯވާޑް މާޓިން ބްރަތުވެއިޓެވެ. މިއީ ބްރަތުވެއިޓް ބާސާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ރޭގެ މެޗުގައި ބާސާއިން ޖެހި ތިންވަނަ ލަނޑު 79 ވަނަ މިނެޓުގައި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ އަލްބާއެވެ. އަދި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ލުއިސް ސުއަރޭޒް ދިން ބޯޅަ އަކުން ކާމިޔާބުކޮށް މެސީ ވަނީ މި ސީޒަނުގެ ސްޕެނީޝް ލީގުގައި އޭނާ ޖެހި ލަނޑުގެ ޢަދަދު 20 އަށް ޖައްސާލާފައެވެ. އެއާއެކު އޭނާ ވެފައިވަނީ ސްޕެނިޝް ލީގުގައި ޖެހިޖެހިގެން 12 ސީޒަނުގައި މަދުވެގެން 20 ލަނޑު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބާސާއަށް ވަނީ 28 މެޗުން 61 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތީ ބާސާއަށްވުރެ އެއް މެޗު މަދުން ކުޅެގެން 56 ޕޮއިންޓު ހޯދާފައިވާ ރެއާލް މެޑްރިޑެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން