ކުޑަކުދިންގެ މެދުގައި މަގުބޫލު "ޕެޕާ ޕިގް" ކާޓޫނުން އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަންފަށައިފިއެވެ.
އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަނީ ޕޭޕާ ޕިގް ކާޓޫނުގެ ފެމިލީސް ގެ ނަމުގައި ރިލީޒްކޮސްފައިވާ އެޕިސޯޑުންނެވެ.
އެގޮތުން މިއެޕިސޯޑުގައި ޕެޕާ ޕިގާއި އޭނާގެ ކްލާސް ކުދިން އެމީހުންގެ އާއިލާގެ ފޮޓޯތައް ކުރަހައި ތައާރަފް ކުރަން އެދުމުން، ޕޭޕާ ޕިގް ކާޓޫނުގެ ކެރެކްޓަރއެއް ކަމަށްވާ ޕެނީ ދަ ޕޯލާ ބެއާ ވަނީ އޭނާގެ ދެ މަންމަ ތައާރަފްކޮށްފަ އެވެ. އަދި ޕެނީ ވަނީ އޭނާގެ ކުޑަ ކުޑަ އާއިލާގައި އޭނާ އާއިއެކު އޭނާގެ ދެ މަންމަ ހިމެނޭކަމަށްވެސް ބުނެފައެވެ.
މިކާޓޫން ޝޯގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ އާއިލާއެއް ދައްކަން ނިންމުމާއެކު ގިނަ ބެލުންތެރިން ވަނީ އެކަމުގައި ހިޔާލުތަފާތުވެ އެމީހުންގެ ޝުޢޫރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން އެއްބަޔަކު މިކަމަށް ތައުރީފުކުރިއިރު މިކަމާ ދެކޮޅު ހަދާ ގިނަބަޔަކުވެސް ވަނީ މީސްމީޑިއާގައި އަޑު އުފުލާފައެވެ.
މި ކާޓޫނު ސީރީޒަކީ ރާއްޖޭގެ ކުޑަކުދިންގެ މެދުގައި ވެސް ވަރަށް މަގުބޫލް ކާޓޫނު ސީރީޒަކަށްވާތީ މިކަމަށް ބެލެނިވެރިން ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު