އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެނަމަ އެކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން މިއަދު ރައްޔިތުންނަށް އޮންނަކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި މިރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މީގެ ކުރީގައި ރައީސަކު ކަމެއް ކޮށްދެއްވާނެ ކަމަށް ރައްޔިތުން އަރިހުގައި ވިދާޅުވިނަމަވެސް، އެކަމެއް ކޮށްދެއްވަފާނެކަމާމެދު ރައްޔިތުންގެ ހިތުގައި ޝައްކުތަކެއް އޮންނަ ކަމަށެވެ. އެގޮތުން ރައީސަކު އަދި ވިދާޅުވިއެއްކަމަކު ހަގީގަތަކަށް ނުވެދާނެކަމަށް ރައްޔިތުން ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އަދުގެ ރައީސަކީ ކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެނަމަ އެކަމެއް ކޮށްދެއްވާ ހިތްޕުޅުން އެކަމެއް ކޮށްދެއްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން، ރައީސް ކަމެއް ކޮށްދެއްވާނަމޭ ވިދާޅުވަނީ ވެސް އެކަމެއް ކޮށްދެއްވުމަށް ބޭނުންފުޅުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ރަށްރަށުގައި މަޝްރޫއުތައް ފެށުމަށްޓަކައި ކަޑަޖެހުމަށްފަހު އެކަން ފުރިހަމަ ނުކުރާތީ، ރައްޔިތުންގެ ޝަކުވާ ވަރަށް ގިނަ ކަމަށެވެ. ނަމަވެސް، މިއަދު އެ ޝަކުވާތައް ނާންނަ ކަމަށާ، މިހާ ބާރު މިނުގައި ރާއްޖެ ތަރައްގީ ކުރަމުންދާ ސަރުކާރެއް މީގެ ކުރިން އައިސްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ތަރައްގީގެ މަޝްރޫއެއް ނުހިނގާ އެއްވެސް ރަށެއް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.

މިރޭގެ ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ، ސަރުކާރުގެ ވައުދުތައް ތަންފީޒު ކުރުމުގެ ގިނަ މަސައްކަތްތަކެއް އެމްޓީސީސީން ކުރަމުން ގެންދާއިރު، އެ ކުންފުނިން ހިންގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓިފައި ނޯންނާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


-4

މުލި ބޮޑޭ

19-Sep-2022

ރައީސްގެ ރިޔާސީ ވައުދެއް މުލި ނާލާފުށީ ކޯޒްވޭ މިއޮއްގެން މިދައުރު ނިމެނީ އަދިވެސް ނުވޭ ފޮނި ވާހަކަ ނުދައްކާ މަޑުން ތިބޭ



ޓްރެންޑިން