އެއްދުވަހަކު ރަސޫލާ، މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ކައުބަތު ﷲ ގެފުޅުގެ އަރިހުގައި ނަމާދުކުރައްވަން ހުއްޓިވަޑައިގަތެވެ. އެވަގުތު އެތާނގައި އަބޫޖަހުލާއި އެނޫންވެސް މުޝްރިކުންގެ ތެރެއިން ބައެއް ބޮޑުން ތިއްބެވެ. އަބޫޖަހުލު އޭނާގެ ގާތުގައި ތިބި މީހުންނަށް ބުނެލިއެވެ. މިވެނި މީހަކު (ދެންމެ) ކަތިލި ޖަމަލެއް (މިވެނިތަނެއްގައި) އޮންނާނެއެވެ. އެޖަމަލުގެ ލެއާއި ގޮހޮރާ އަދި އެނޫންވެސް އޭގައިހުރި ހަޑިތަކެތި ހިފައިގެން އައިސް މުޙައްމަދު (އެބަހީ މުޙައްމަދުގެފާނު) ސަޖިދައަށް ތިރިވުމުން ބުރަކަށި މައްޗަށް އަޅަން ކެރޭނީ ތިޔައިގެ ތެރެއިން ކާކަށް ހެއްޔެވެ؟ އެވަގުތު އުޤްބާ ބުނި އަބީ މުޢައިޠު ތިމަންނަ ތިޔަކަންތައް ކޮށްފާނަމޭ ބުނެ، ތެދުވެގެންގޮސް އެބުނެވުނު ޖަމަލުގެ ބަނޑުތެރޭގައި ހުރި ނަޖިސްތައް ހިފައިގެން އައިސް ލޮބުވެތި ރަސޫލާގެ ބުރަކަށިފުޅުގެ މަތީގައްޔާއި ކޮނޑުފުޅު މަތީގައި ބަހައްޓައިފިއެވެ. މިތަން ބަލައިގެން ތިބެފައި މުޝްރިކުން އެންމެން ހޭންފެށިއެވެ. އަދި އެކަލޭގެފާނަށް މަލާމާތްކޮށް ފުރައްސާރައަށް ގޮވާ ހީމަޖާކޮށް ހަދަމުން ދިޔައެވެ. އަދި ހިނިއައުމުގެ ބޮޑުކަމާހުރެ ބަނޑުގައި އަތްއަޅައިގެން ގުދުވެގެން މިމީހުން ތިއްބެވެ. ރަސޫލާ، މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އޭރުވެސް ސަޖިދާގައި އޮންނެވިއެވެ. އެވަގުތު ރަސޫލާގެ ލޮބުވެތި ދަރިކަނބަލުން ފާތިމަތުގެފާނު އެތަނަށް ވަޑައިގަތެވެ. އެކަމަނާއަކީ އެއިރު ވަރަށް ތުއްޕުޅު ބޭކަނބަލެކެވެ. އެކަމަނާ ވަޑައިގެން އަވަހަށް ބައްޕާފުޅުގެ ބުރަކަށިފުޅުގެމަތީގައި ހުރި ހަޑިމުޑުދާރު ތަކެތި ނެންގެވިއެވެ. އަދި އެމީހުންގެ އެނުބައި ޢަމަލުތަކާހުރެ އެމީހުންނަށް ބަދުބަސް ވިދާޅުވިއެވެ.
ދެންފަހެ ރަސޫލާ ނަމާދުން ނިމިވަޑައިގެން ދުޢާ ދެންނެވިއެވެ. އެދުޢާގައި ވިދާޅުވިއެވެ. "އޭ އަޅުގެ ވެރިރަސްކަލާކޮ، ޤުރައިޝް ވަންހައިގެ މީހުންގައި ހިއްޕަވާނދޭވެ.
ޤުރައިޝް ވަންހައިގެ މީހުންގައި ހިއްޕަވާނދޭވެ. އަބޫޖަހުލާއި އުތުބާ ބުނު ރަބީޢާއާއި ޝައިބާ ބުނު ރަބީޢާއާއި ވަލީދު ބުނު ޢުތުބާއާއި އުމައްޔަތު ބުނު ޚަލަފާއި އުޤްބާ ބުނު އަބީ މުޢައިޠާއި ޢިމާރަތު ބުނު ވަލީދާއި މިމީސްމީހުން ނެތި ކުރައްވާނދޭވެ."
ދެންފަހެ ބަދުރު ހަނގުރާމައިގެ ތެރޭގައި މިހުރިހާ ކާފަރުން މަރުވެ ނެތި ހިނގައްޖެއެވެ. މާތް ﷲ މިބައިމީހުންނަށް ލަޢުނަތް ލައްވާށިއެވެ. (ބުޚާރީ - މުސްލިމް)
އިރްޝާދު
ރަސޫލާ، މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "ޤިޔާމަތް ދުވަހު އެންމެ ފުރަތަނަ އަޅުގެ ހިސާބު ބެއްލެވޭނެ ކަމަކީ ނަމާދެވެ. ފަހެ ނަމާދު ރަނގަޅު ވެއްޖެ ނަމަ އޭނާގެ ހުރިހާ ޢަމަލެއް ރަނގަޅުވީއެވެ. އަދި ނަމާދު ރަނގަޅު ނުވެއްޖެ ނަމަ، އޭނާގެ ހުރިހާ ޢަމަލެއް ގޯސްވީއެވެ."
(ތަބާޢަރާނީ)
* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު