ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން މިއަދު ބަލި ރަނގަޅުވިކަން އިޢުލާން ކުރި ދެމީހުންނަކީ ދެފަތުރުވެރިންކަމުގައި ކޯވިޑް-19 އާއި ގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ރަސް އޮންލައިންއަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވި ގޮތުގައި މިއަދު ބަލި ރަނގަޅުވިކަން އިޢުލާން ކުރީ ސޭންޑީޒް ބަތަލާއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި ދެ ފަތުރުވެރިންނެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މީގެކުރިން ރަނގަޅުވި ތިން މީހުންނަކީ ކުރެއްދޫ ރިޒޯޓުން ޕޮޒިޓިވްވި ދެމީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ފަތުރުވެރިންނާއި މުވައްޒިފެކެވެ.
މިހާތަނަށް ބަލި ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ އިޓަލީ ވިލާތުގެ ތިން މީހަކާއި ތުރުކީވިލާތުގެ މީހަކާއި ދެކުނު އެފްރިކާގެ މީހެކެވެ. މީގެތެރެއިން ހަތަރު މީހުންނަކީ ފަތުރުވެރިންނެވެ.
ކޯވިޑް-19 ރޯގާ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ރާއްޖެއިން މިހާރުވެސް ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެތެރޭގައި ޓެސްޓްކޮށް މޮނިޓަރިން ހަރުދަނާ ކުރުމާއި ރިޒޯޓްތަކަށް ބުކިންގ ހަދައިގެން އަންނަ ފަތުރުވެރިން ފިޔަވައި ވައިގެ މަގުން ރާއްޖެއަންނަ ހުރިހާ އެންމެން 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު