ބައިނަލްއަގްވާމީ "އައިޑޮލް" ޓީވީ ޓެލެންޓް ޝޯ ފްރެންޗައިޒްގެ އާ ވާޝަނެއް ކަމަށްވާ ސައުދީ އައިޑޮލް އަހަރު ނިމުމުގެ ކުރިން ދައްކާނެ ކަމަށް ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ) އިން އިއުލާންކޮށްފި އެވެ.

ސައުދީ އައިޑޮލް ހާއްސަ ވެގެންދާނީ ހުނަރުވެރި ސައުދީން ހޯދުމަށް މަސައްކަތްކުރާ ޝޯއަކަށެވެ. މިޝޯވ ކުރިއަށްދާނީ ސައުދީ ލަވަކިޔުންތެރިޔާ އަސީލް އަބޫ ބަކްރާއި، އެމިރޭޓްސްއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަހުލާމާއި، ސީރިއާގެ ލަވަކިޔުންތެރިޔާ އަސާލާ، އަދި އިރާގު އަދި ސައުދީ އަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަދި ކޮމްޕޯސަރު މަޖީދު އަލް މޮހަންޑިސް ހިމެނޭ ހަތަރު މެންބަރުންގެ ޖަޖުންގެ ޕެނަލަކާއެކުއެވެ.

މިއަހަރު ފަހުކޮޅު ޓީވީ ޗެނަލް އެމްބީސީ 1 އިން ދައްކަން ހަމަޖެހިފައިވާ ސައުދީ އައިޑޮލް ދައްކަން ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަންތަކާއި ލައިވް ޝޯތަކަށް ބަހާލައިގެން ކަމަށް އަލް އަރަބިޔާ އިން ރިޕޯޓުކޮށްފައިވެއެވެ.

މިއީ އައިޑޮލްގެ މުބާރާތެއް ސައުދީގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. ނަމަވެސް 2001 ވަނަ އަހަރު ވުޖޫދައް އައި "އައިޑަލް" ޓީވީ ޓެލެންޓް ޝޯ ފްރެންޗައިޒުން ދުނިޔޭގެ 56 ސަރަހައްދެއްގައި މިޝޯވް އެކި ވޭރިއޭޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން ރާއްޖޭގައިވެސް "މޯލްޑިވިއަން އައިޑޮލް" ގެ ތިން ސީޒަނެއް މިހާތަނަށް ކުރިއަށްގެންގޮސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ނާފިޒު

24-Feb-2023

މުޅި ސައުދީ ހަލާކޮށް ނިންމައިފި


4

އަހުމަދު

24-Feb-2023

ކިހިނެއްބާ މި ވަނީ. ރާއްޖޭގައި މިއުޒިކުގެ ހަރާންކަން ދުވަހުން ދުވަހަށް ބޮޑުވަމުން ދަނިކޮށް ސައުދީގަ މި ފަށަނީ ލަވަކިޔުމުގެ މުބާތާތެއް.



ޓްރެންޑިން