ޑޮކްޓަރުން އަތުލިޔުމުން ލިޔާ ބޭސްސިޓީ ތަކަކީ ހަމައެކަނި ފާމަސިސްޓަކަށް ކިޔަން އެނގޭނެ ގޮތަށް އޮންނަ ލިޔުމެއްކަން އެންމެންނަށްވެސް އެނގެއެވެ. ކިޔާލަން އުނދަގޫ އަތުލިޔުމުގެ ސަބަބުން ޑޮކްޓަރުންނަށް ގިނަ މަލާމާތް ލިބިގެންދިޔަނަމަވެސް، ކެރެލާގެ ޑޮކްޓަރަކުގެ ލިޔުންފެނި މުޅި އިންޑިއާގެ ރައްޔިތުން ހައިރާންކޮށްލައިފިއެވެ.

އެޑޮކްޓަރ ލިޔެފައިވާ ބޭސްސިޓީ އަކީ ރީތިކޮށް އަކުރުތައް ވަކިވެ، ފަސޭހައިން ކިޔާލެވޭ ވަރަށް ސާފު ލިޔުމެއްކަމަށް ގިނަބަޔަކު ސިފަކުރެއެވެ.



އާންމުވެގެންދިޔަ މިބޭސް ސިޓީ ލިޔެފައިވަނީ ޑރ. ނިތިން ނަރަޔަނަން ނަމަކަށް ކިޔާ ޑޮކްޓަރެކެވެ. މި ޑޮކްޓަރަކީ ވޭތުވެދިޔަ ތިން އަހަރު ދުވަހު، އިންޑިއާގެ ޕަލަކަދްގެ ނެންމަރާގައި ހުންނަ ކޮމިއުނިޓީ ހެލްތު ސެންޓަރު (ސީއެޗްސީ) އެއްގައި މަސައްކަތް ކުރަމުން އަންނަ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެކެވެ.

ޑޮކްޓަރުގެ ރީތި ލިޔުން ވައިރަލް ވުމާއެކު އިންޑިއާގެ ނޫހަކަށް ޑރ. ނިތިން ދިން އިންޓަރވިއުއެއްގައި، އޭނާ ބޭސްސިޓީ އަދި އެހެނިހެން ލިޔުންތައް ލިޔަނީ ބަލިމީހުންނާއި ފާމަސިސްޓުންނަށް ފަސޭހައިން ނަގައިގަނެވޭނެ ގޮތަށްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ގިނަބަޔަކު ފާހަގަކުރިޔަސް، ކޮންމެ ޑޮކްޓަރެއްގެ އަތުލިޔުމަކީ ކިޔާލަން ނޭނގޭނެ ފަދައިން ލިޔެފައި އޮންނާނެ ލިޔުމެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.

މީގެއިތުރުން، ކުޑައިރުއްސުރެން ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުންނަކަމަށާއި، ކުޑައިރުއްސުރެން އަތުލިޔުން ރީތިކުރަން ވަރަށް މަސައްކަތްކުރިކަމަށްވެސް ޑރ. ނިތިން ހާމަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ފޭނެއް

24-Feb-2023

އޭ.އީ.އެޗްގެ އީ.އެންޓީ. ޑޮކްޓަރ ޑރ.އައިޝާ އަކީ ވައަތުން ލިޔާ އެހާމެ ރީތި ލިޔުމެއްގެ ވެރިއެއް. ތިމީހުން ޑރ.އައިޝާގެ ބޭސް ސިޓީއެއް ހޯދާފަ ލިޔަން ވީނު. މި ޑރ.ގެ އަތުލިޔުމަށްވުރެން ހާސްބައި ރީތިވާނެ.



ޓްރެންޑިން