ބޮޑު ސްކްރީނަށް ރިލީޒްކުރި ފުރަތަމަ ދުވަހު 80 ކްރޯޑުގެ ފައިދާއެއް ހޯދި ފުރަތަމަ ތަމަޅަ ފިލްމެއްގެ ގޮތުގައި، "ޕޮނިޔެން ސެލްވަން 1" ނުވަތަ އާންމު ނަމުންނަމަ ޕީއެސް-1، ފާހަގަވެގެން ގޮސްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ފިލްމު ރިލީޒްކުރި އެންމެ ފުރަތަމަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 80 ކްރޯޑަށް ވުރެ ގިނަ އިންޑިއާ ރުޕީސް ފިލްމުން ލިބިފައިވެ އެވެ. މިކާމިޔާބީއާއެކު، މަޝްހޫރު ލިޔުންތެރިޔާ ކަލްކީގެ ލިޓްރަސީ ކްލާސިކެއްގެ މައްޗަށް، ހަމަ އެ ނަމުގައި އުފެއްދި ފިލްމު 'ޕޮނިޔެން ސެލްވަން 1' ވެގެންދާނީ ތާރީޙީ ގޮތުންވެސް ތަމަޅަ ސިނަމާގައި ފާހަގަކޮށްލެވޭނެ ފިލްމަކަށެވެ.

ފިލްމުގެ ޑިރެކްޓަރ، މަނީ ރަތުނަމް އޭނާގެ ޑްރީމް ޕްރޮޖެކްޓެއްގެ ގޮތުގައި ފާހަގަކޮށްފައިވާ މި ފިލްމުގައި ހިންދީ އަދި ތަމަޅަ ސިނަމާތަކުން ބޮޑު ތަރުހީބެއް ލިބިފައިވާ، ވިކްރަމް، އައިޝްވާރިޔާ ރައި، ޓްރިޝާ، ކާރްތީ، ޖަޔަމް ރާވީ، ޖަޔަރަމް، ޕާތީބަން، ލާލް، ވިކްރަމް ޕްރަބޫ، ޖަޔަރަމް، ޕްރަބޫ އަދި ޕްރަކާޝް ރާޖް ފަދަ މޮޅު ފަންނާނުން ފެނިގެންދެއެވެ.

މިއީ އިންޑިއާގައި މިހާތަނަށް ހިންގި އެންމެ އަގުބޮޑު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމުކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މިފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން