އާލިއާ އަދި ރަންބީރުގެ "ބްރަހަމަސްޓްރާ" މުޅި ދުނިޔޭގެ ބޮކްސް އޮފީހުގައިވެސް ކާމިޔާބު ހިންދީ ފިލްމެެއްގެ ގޮތުގައި ހިމެނިއްޖެއެވެ.

"ބްރަޙްމާސްޓްރާ ޕާޓް ވަން: ޝިވާ" ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންދާއިރު، ފިލްމު ރިލީޒްކުރިތާ 25 ދުވަހުގެ ތެރޭގައި ބައިނަލްއަގުވާމީ ބޮކްސް އޮފީހުން ޖުމްލަ ފައިދާގެ ގޮތުގައި 425 ކަރޯޑް އިންޑިއަން ރުޕީސް ލިބިފައިވެއެވެ. އެގޮތުން މިހާރު މި ފިލްމަށް ވަނީ 2022 ވަނަ އަހަރުގެ އެންމެ ބޮޑު އެއް ހިންދީ ހިޓް ފިލްމެއްގެ ލަގަބުވެސް ލިބިފައެއެވެ.

ސްޓާ ސްޓޫޑިއޯސް އާއި ދަރްމާ ޕްރޮޑަކްޝަންސް އިން އުފައްދާފައިވާ މި ފިލްމު މިހާރު 2ޑީ، އަދި 3ޑީ ކޮށްވެސް ބަލާލެވޭނެއެވެ. އިންޑިއާގައި ވާހަކަދައްކާ މުހިން ގިނަ ބަސްތަކުން މިފިލްމު ރިލީޒް ކުރުމަކީވެސް ފިލްމަށް ލިބުނު އިތުރު ކާމިޔާބީއެއް ކަމަށް ބެލެވެއެވެ.

މިފިލްމުގައި އާލިއާ އަދި ރަންބީރުގެ އިތުރުން، އަމީތާބް ބައްޗަން، އަދި މޯނީ ރޯއީ ވެސް ފެނިގެންދެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން