ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށް ދަނީ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
ޖޫން 2019 ގައި ފެށި ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢު ދަށުން ފެން ހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތުގެ 93 އިންސައްތަ މަސައްކަތާއި މަގުމަތީ ދުވާރު ހެދުމުގެ މަސައްކަތުގެ 53 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
ލ. ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި 27،179 އަކަ މީޓަރުގެ ދުވާ ސަރަހައްދެއް ގާއިމު ކުރުމާއި 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
53.9 މިލިއަން ރުފިޔާގެ މަގު ހެދުމުގެ މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު