ފިލްމީ ދާއިރާއިން ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އެކްޓަރކަމަށްވާ ޓޮމް ކްރޫޒް، އޭނާގެ ހުނަރު ޖައްވުން ދައްކައިދިނުމަށް އަމާޒުހިފައިފި އެވެ.
މިފިލްމު ވެގެންދާނީ ޖައްވުގައި ކުޅޭ ފުރަތަމަ ފީޗަރ ފިލްމަށެވެ. އެގޮތުން އުމުރުން 60 އަހަރުގެ ޓޮމް ކްރޫޒް ވެގެންދާނީ ޖައްވުގައި ފިލްމެއް ޝޫޓް ކުރާނެ ފުރަތަމަ އެކްޓަރަށެވެ.
މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން އެކްޝަން ހީރޯ ޓޮމް ކްރޫޒް މިހާރު މަސައްކަތް ކުރަނީ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޑަގް ލީމަންއާއި، ޔުނިވާސަލް ފިލްމްޑް އެންޓަޓެއިންމަންޓް ގްރޫޕް (ޔޫއެފްއީޖީ) އާ އެކު ތައްޔާރުކުރާ ފިލްމަށް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދިއުމުގެ މަޝްވަރާ ކުރަމުންނެވެ.
މިކަން ކަށަވަރުކޮށްދީ ޔޫއެފްއީޖީގެ ޗެއާމަން ޑޮނާ ލެންގްލީ ބުނީ، "ޓޮމްއާއެކު ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް ދަނީ ކުރިއަށް. ޕްލޭނަކީ ރޮކެޓެއްގައި ސްޕޭސް ސްޓޭޝަނަށް ގޮސް ޝޫޓް ކުރުން،" ކަމަށެވެ.
އެގޮތުން މި ފިލްމުގައި ދުނިޔެ ސަލާމަތް ކުރުމަށް ޖައްވަށް ދަތުރުކުރާ ކެރެކްޓަރއެއް ފެނިގެންދާނެކަމަށް ޔޫއެފްއީޖީގެ ޗެއާމަން ފާހަގަކުރިއެވެ. އަދި މިފިލްމާއެކު ޓޮމް ކްރޫޒް ވެގެންދާނީ ސްޕޭސް ސްޓޭޝަނުން ބޭރުގައި ސްޕޭސްވޯކެއް ކުރާނެ ފުރަތަމަ އާންމު މީހާއަށް ކަމަށް ވެސް ޔޫއެފްއީޖީގެ ޗެއާމަން ހާމަކޮށްފައިވެއެވެ.
ނަމަވެސް މިފިލްމާ ބެހޭ އިތުރު ތަފްސީލާއި ފިލްމު ޕްރޮޑަކްޝަނަށް ދާނީ ކޮން އިރަކު ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު