ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ދެއްވާ ދަރުސް އޮންނަ ރެއާއި ދިމާވާތީ، ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ޕާފޯމްކުރާ ޝޯ ފަސްކުރަން ނިންމައިފިއެވެ.

ޝޯ އިންތިޒާމު ކުރާ ބައިސްކޯފުން މިރޭ ބުނެފައިވަނީ ބޮޑު އެހެންކަމެއް ހަމަ އެ ރޭ އޮންނާތީ “ޗަނާޗާ2022” 29 އޮކްޓޯބަރު 2022 ވާ ހޮނިހިރު ދުވަހުގެ ރެއަށް ފަސްކުރަން ނިންމާފައިވާކަމަށެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން މެންކްގެ ދަރުސް ބާއްވަނީ 28 އޮކްޓޯބަރު 2022 ވާ ހުކުރު ދުވަހުގެ ރޭ މާލޭގައެވެ. ހަމަ އެވަގުތު ޔޮހާނީ އަދި ދިވެހި ގިނަ އަދަދެއްގެ ފަންނާނުންގެ ހުނަރު ފެނިގެންދާނެ “ޗަނާޗާ ޝޯ” ހުޅުމާލޭގައި ބާއްވަގޮތަށް އޭރު އޮތީ ރާވާފައެވެ.

މުފްތީ މެންކުގެ ދަރުސް އޮންނާތީ ޔޯހާނީ ބައިވެރިވާ ޝޯ ފަސްކޮށްފައި މިވަނީ ޝޯއާއި ދަރުސް އެއް ރެއެއްގައި ބާއްވާތީ ގިނަބަޔަކު އެކަމަށް ފާޑުކިޔަމުން ދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ޢަހުރެން

24-Feb-2023

ކީއްވެ! ގޯސް ކަމެއް ނޫން ވިއްޔާ ކީއްވެ އެއް ދުވަހަކާ ނުބާއްވަންވީ. އެބައިމީހުންނަށް ވެސް އެބަ އެނގޭ މުންކަރާތެއްކަން. ނޫނީ ދިވެހިން ބުނަންވީ ހާދަ ރަނގަޅޭ ލަސްކޮށްލަ ދިނީމަ



ޓްރެންޑިން