އަންހެނެއްގެ ލޮލުން 23 ކޮންޓެކްޓް ލެންސް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް ލޮލުގެ ޚާއްސަ ޑޮކްޓަރަކު މީސް މީސްޑިއާގައި ހިއްސާ ކޮށްފި އެވެ.

ޑރ ކެޓެރީނާ ކުރްތީވާ ނަމަކަށް ކިޔާ ލޮލުގެ ޚާއްޞަ ޑޮކްޓަރ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ މި ވީޑިއޯއިން ފެންނަނީ އަންހެނެއްގެ ލޮލުގެ ކަޅި ދަށުން ވަރަށް ފަރުވާތެރިކަމާއެކު ލެންސްތައް ނަގަމުންދާ މަންޒަރެވެ. މި ވީޑިއޯ ވައިރަލްވެ މިހާރު ވަނީ މިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައެވެ.



ލޮލުގެ ޑޮކްޓަރުގެ ޕޯސްޓުގައިވާ ގޮތުން އަންހެންމީހާ ޖެހިޖެހިގެން މަހެއްހާ ދުވަސް ވަންދެން އާ ލެންސް ސެޓެއް ލޮލަށް ލައްވާފައި ވަނީ ކުރިން ދުވަހު ލެއްވި ލެންސް ހަނދާން ނެތިގެން ނުނަގައެވެ.

ކެލިފޯނިއާ އައި އެސޯސިއޭޓްސްގެ އިންސްޓަގްރާމް ޕޭޖުގައި އެ ވީޑިއޯ ޝާއިއު ކުރަމުން ޑޮކްޓަރ ލިޔެފައި ވަނީ "ރޭގަނޑު ކޮންޓެކްޓް ލެންސް ނަގަން 'ހަނދާންނެތި' މީހަކު ކޮންމެ ދުވަހަކު ހެނދުނު އާ ލެންސް ލައްވަމުން ދިޔަ މި ހާދިސާއަކީ މަދުން ނޫނީ ނުފެންނަ ހާދިސާއެއް. ޖެހިޖެހިގެން 23 ދުވަސް! އަހަންނަށް ލިބުނީ ޝޮކެއް." ޑޮކްޓަރ ބުނެފައި ވެއެވެ.

ވަރަށް ކައިރިން ނަގާފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ބަލިމީހާގެ ލޮލުން ޑރ ކުރްތީވާ ފަރުވާތެރިކަމާއެކު ކޮޓަން ބަޑަކުން ލެންސްތައް ލޮލުން ނެރެއެވެ.



"އަހަރެން ފަރުވާތެރިކަމާއެކު ހުރިހާ ކޮންޓެކްޓް ލެންސެއް ލޮލުން ނަގައި ވަކިކޮށް ގުނިއިރު ޖުމްލަ 23 ލެންސް އޮތް. ކޮންޓެކްޓް ލެންސްތައް ގުނަން ވަކި ކުރީ ފޯސެޕްސް ބޭނުން ކޮށްގެން."

އިންސައިޑާއާ ވާހަކަ ދައްކަވަމުން ޑރ ކުރްތީވާ އިތުރަށް ބުނީ "ގާތްގަނޑަކަށް 20 އަހަރު ވެއްޖެ އަހަރެން ލޮލުގެ ފަރުވާދޭތާ. ދުވަހަކުވެސް މިކަހަލަ ކަމެއް ފެނިފައެއް ނުވޭ. ބަލިމީހާއަށް ވެސް ގަބޫލު ނުކުރެވިގެން އަހަރެން ގުނަމުންދާ އަދަދާ މެދު ޔަގީންތޯ ސުވާލުކޮށް ހެދި." ކަމަށެވެ.



ލެންސްތައް ލޮލުން ނެގުމަށްފަހު ލޮލަށް އަޅާނެ ބޭހެއް ދިން ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ޑޮކްޓަރ ބުނެފައި ވެއެވެ. އަދި މި ވިޑިއޯ ހިއްސާކުރީ ލެންސް ބޭނުންކުރާ ފަރާތްތައް ހޭލުންތެރި ކުރުވުމަށް ކަމަށާއި ނިދަން އޮށޯތުމުވެ ކުރިން ލޮލުން ލެންސް ނަގަން ފަރުވާތެރިވުމަށް އޭނާ ވަނީ ނަސޭހަތްތެރި ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


9

ޢަހްމަދު

24-Feb-2023

އަޅުގަނޑު ދެކޭ ގޮތުގައި ކުލި ދައްކާކަށް ނުޖެހޭނެ, ސަބަބަކީ އަތޮޅު ތެރޭ ރަށް ތަކުގައި ފެނާއި ނަރުދަމާ އާއި ބަނދަރު ބިލިޔަނުން ޚަރަދު ކޮށްފަ ރުފިޔާ ދައުލަތަށް ނުހޯދާ އަސާސީ ޚިދުމަތެކޭ ބުނެ, ބޯހިޔާ ވަހި ކަމަކީ އަސާސީ ޚިދުމަތަކަށް ނުވޭބާ؟



ޓްރެންޑިން