ފޮޑިއެއް ޖަހައިގެން އޮސްޓްރިއާގައި މީހަކު ޖޫރިމަނާކޮށްފި އެވެ.

މިމީހާ ޖޫރިމަނާކޮށްފައިވަނީ ވަރަށް ބޮޑު އަދަދަކުންނެވެ. އެއީ 500 ޔޫރޯ، ނުވަތަ 565 އެމެރިކާ ޑޮލަރެވެ.



އޮސްޓްރިއާގެ ނޫހެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 5ވަނަ ދުވަހުގައެވެ. އޭނާ ހައްޔަރު ކުރީ އާންމުތަންތަނުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި ޚިލާފުވެގެން ކަމުގައި އެނޫހުގައި ބުނެފައިވެއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެއްވެސް މީހަކު "ފޮޑިއެއް" ޖަހައިގެން ރިޕޯޓެއް ނުކުރާނެކަމަށާއި، ނަމަވެސް އެމީހާ ޖޫރިމަނާކުރީ އޭނާ އިށީނދެގެން އިން ދިގުގޮނޑިން ތެދުވެ، ގަސްތުގައި ފުލުހުންނާއި ކުރިމަތިލައި، ފޮޑި ޖެހުމުންކަމަށެވެ. މި ޓްވީޓުގައި އިތުރަށް ބުނެފައިވަނީ، ފުލުހުންނާއި ދިމާލަށް ފޮޑި ޖެހުމަކީ އެމީހުން އެހާ "ގަޔާވާކަމެއް" ނޫންކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން