ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސް ބަލިކޮށް، ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން ނަޕޯލީން ހޯދައިފިއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން ޕެނަލްޓީ ޖަހައިގެން ޔުވެންޓަސް ބަލިކޮށް، ނަޕޯލީން ޗެމްޕިއަންކަން ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.
ކޯވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސަޕޯޓަރުން ނުވައްދައި، ހުސް ސްޓޭޑިއަމެއްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިއީ ވޭތުވެދިޔަ އެގާރަ އަހަރުގެ ތެރޭގައި ޕެނަލްޓީ ޖަހައިގެން ކޮޕާ އިޓާލިއާގެ ޗެމްޕިއަން ކަނޑައަޅަން ޖެހުނު ފުރަތަމަ ފަހަރެވެ. އަދި މިއީ މި މުބާރާތް ނަޕޯލީން ކާމިޔާބުކުރި ހަވަނަ ފަހަރުވެސް މެއެވެ.
މި މެޗުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނު އިރު، ޔުވެންޓަސްގެ ތަރި ރޮނާލްޑޯއަށް ޕެނަލްޓީގެ ފުރުސަތު ލިބުމުގެ ކުރިން ޔުވެންޓަސްގެ ދެ ޕެނަލްޓީ ނާކާމިޔާބުވުމާއި އެކު ނަޕޯލީއަށްވަނީ ޗެމްޕިއަންކަން ކަށަވަރު ވެފައެވެ. މިއާއި އެކު މިއީ ވިދި ވިދިގެން ދެ ފައިނަލުން ރޮނާލްޑް ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ. ރޮނާލްޑޯވަނީ ޔުވެންޓަސްއާއި އެކު ހުސްވި އަހަރުގެ އިޓާލިއަން ކަޕުގެ ފައިނަލުން ލާޒިއޯ އަތުން ބަލިވެފައެވެ.
އިޓަލީގެ ފުޓްބޯޅަ، ކޮޕާ އިޓާލިއާ އިން ފަސާފައި ވާއިރު، މި ހަފުތާ ބަންދުގައި އިޓަލީ ލީގުވެސް އަލުން ފެށޭނެއެވެ.
ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ ކުޅިވަރުގެ ގިނަ ޙަރަކާތްތަކެއް މިހާރު ފަށާފައިވާއިރު، ބައެއް ކުޅިވަރުތައް އަލުް ފެށުމަށް ކުޅިވަރު އެސޯސިއޭޝަންތަކުން އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު